ads
ކަޕިލް---
އަންހެނުންނާއެކު "ނަޗް ބަލިޔޭ"ގައި ބައިވެރިވާން ކަޕިލް ބޭނުމެއް ނުވޭ
އަންހެނުން ގިންނީ ޗަޓްރަތާ އާއެކު "ނަޗް ބަލިޔޭ"ގައި ބައިވެރިވާން ބޭނުމެއް ނުވާ ކަމަށް އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ ބުނެފިއެވެ.

ސަޕޯޓަރަކު ވަނީ "ނަޗް ބަލިޔޭ"ގައި ކަޕިލް އޭނާގެ އަންހެނުންނާއެކު ބައިވެރިވާން ވިސްނަންތޯ އަހާފައެވެ. އެސުވާލަށް ޖަވާބު ދެމުން ކަޕިލް ބުނީ ދުވަހަކުވެސް ބައިވެރި ނުވާނެ ކަމަށެވެ.

އެޖަވާބާއެކު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިފައިވާއިރު ބައެއް މީހުން ބުނަނީ އެޝޯގައި ކަޕިލް އަދި ގިންނީ ބައިވެރި ނުވާނީ ދެމީހުންނަށް ވެސް ނަށަން ނޭންގޭތީ ކަމަށެވެ.

ކަޕިލް އާއި އޭނާގެ އަންހެނުން ގިންނީ ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު 12 ގައި ޖަލަންދަރުގައެވެ. އެދެމީހުންނަށް މިދިޔަ އަހަރު ވަނީ ދަރިއަކު ލިބިފައެވެ.

"ކޮމެޑީ ކިންގް" ގެ ނަމުން މަޝްހޫރު ކަޕިލްއަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ކޮމޭޑިއަން އެވެ. ކަޕިލް ވަނީ ތަފާތު ނަން ނަމުގައި ކޮމެޑީ ޝޯތައް ކުރިއަށް ގެންގޮސްފައެވެ.

ކަޕިލް ވަނީ "ފިރަންގީ" އަދި "ކިސް ކިސް ކޯ ޕިޔާރް ކަރޫން" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް