
މި ބޭސް ފިހާރަވެސް ހުންނަނީ ހުޅުމާލޭ ހުވަނދުމާ ހިނގުމުގައި، ހުޅުމާލެ ހޮސްޕިޓަލް ކައިރީގަ އެވެ.
އެސްޓީއޯއިން ބުނީ، މި ބޭސް ފިހާރަ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯއިން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
މި ފާމަސީ ގާއިމުކޮށްފައިވަނީ ކުރިން އެސްޓީއޯ ސްމާޓް ސްޓޯ ހިންގަމު އައި ތަނުގަ އެވެ.
އެސްޓީއޯގެ ސްމާޓް ސްޓޯ ފާމަސީއަކަށް ބަދަލުކުރަން ނިންމާފައިވާކަން މި އަހަރުގެ މޭ މަހު ބޭއްވި އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ އެމްޑީ ޝިމާދު އިބްރާހީމް ވިދާޅުވި އެވެ.
އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން، މި ފާމަސީން ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒާ ފަދަ ތަކެތި ވިއްކުމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި މި ފާމަސީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށް ހުޅުވިފައި ހުންނާނެ އެވެ.