ads
ކ. ގުރައިދޫ
17 މީހުން ތިބި ޑީންގީއެއް ބަންޑުން ޖަހާލައިފި، 3 މީހުން ފަތާފައި ކައިރީއޮތް ރަށަށް
ކ. ގުރައިދޫއަށް، 17 މީހުންނާއިއެކު ދަތުރުކުރި ޑިންގީއެއް މިރޭ ބަންޑުން ޖަހައިލައިފިއެވެ.
Advertisement

މި ޑިންގީގައި ތިބި 17 މީހުންނަކީ ހުސް ބިދޭސީންކަމަށް ފުލުހުން ބުނެއެވެ. 

ޑިންގީ ބަންޑުން ޖަހާލާފައިވަނީ ކ. ޒަމާނީ އައިލެންޑް ކައިރިންކަމަށްވެސް ފުލުހުން ބުނެއެވެ.

ޑިންގީ ބަންޑުން ޖަހާލުމާއެކު، ތިން މީހަކު ފަތާފައި ޒަމާނީ އައިލެންޑަށް އެރިކަމަށް ފުލުހުން ބުނެއެވެ. އަދި  މި ޑިންގީން ދަތުރުކުރި އެންމެން މިހާރު ސަލާމަތްކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

ޑިންގީ ބަންޑުން ޖަހާލި ސަރަހައްދުގައި މެރިން ޕޮލިހާއި ކ. އަތޮޅު ޕޮލިސް އަދި ކ. އަތޮޅުގެ ރިޒޯޓުތަކުގެ ލޯންޗުތަކުންވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް