ads
އެމްޑީޕީ ކޮންގްރެސް އަންނަ އަހަރު މެދުތެރެއަށް ފަސްކޮށްފި
މިމަހުގެ ބާއްވަން ނިންމި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް އަންނަ އަހަރުގެ މެދުތެރެއަށް ފަސްކޮށްފިއެވެ.
Advertisement

އެމްޑީޕީގެ  ކޮންގްރެސް މި މަހުގެ 15 އިގެ ކުރިން ބާއްވަން ކުރިން އޮތީ ނިންމާފައެވެ. އެ ނިންމުން މިވަނީ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުން ބަދަލުކޮށް އަންނަ އަހަރުގެ މެދުތެރެއަށް ފަސްކޮށްފައެވެ. 

ކޮންގެރެސްގެ ތެރެއިން އެމްޑީޕީގެ ރައީސާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލައި، އެ ޕާޓީ ހިންގުމާ ގުޅޭ މުހިންމު އިސްލާހުތަކެއް އަސާސީ ގަވާއިދަށް ގެންނަން ނިންމާފައިވާ އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ކުރިން ވިދާޅުވެފައެވެ. 

މީގެ އިތުރުންވެސް ބައެއް ބަދަލުތައް އަސާސީ ގަވައިދަށް ގެންނަކަން ފާހްގަކުރައްވަމުން ފައްޔާޒު ވިދާޅުވީ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމުގެ ރޯޑުމެޕެއް މިހާރު އެކުލަވާލާފައިވާކަމަށެވެ. 

ފައްޔާޒު ވިދާޅުވީ ޗެއާޕާސަންގެ މަގާމާއި ރައީސްގެ މަގާމު އެއްކޮށްލުމަކީ ބައެއް ބޭފުޅުންނަށް އެހާ ފަސޭހަ ބަދަލަކަށް ނުވެދާނެކަމަށެވެ. އެހެންނަމަވެސް އެއީ މުހިއްމު ބަދަލެއްކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް