
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމްރު ވިދާޅުވީ ޕާލިމެންޓަރީ ނިޒާމެއްގަ ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ކަމަށާއި ހައްދެއް ނެތް ވަރަކަށް އެކެއްގެ އަތަށް ބާރުތައް ނުދެވޭނެ ކަމަށެވެ.
އަދި ރައްޔިތުންގެ ތާއީދާ އިތުބާރު ގެއްލިއްޖެ ނަމަ އެ މީހަކު މަގާމަކު ނުހުރެވޭނެ ކަމަށާއި 17 އަހަރު މި ގާނޫނު އަސާސީގެ ދަށުން ވެރިކަންތައް ކުރެވުނުއިރު ރައްޔިތުންނަށް އިގުތިސާދީ އިންސާފެއް, އިޖްތިމާއީ އިންސާފެއް އަދި ޝަރުއީ އިންސާފެއް ވެސް ލިބިފައެއް ނުވާ ކަމަށެވެ.
އަމްރު މިފަދައިން ވިދާޅުވިއިރު، މި ގާނޫނުއަސާސީގެ ހަޔާތުން 17 އަހަރު ފުރިގެން ދާއިރު، މިއަދު ގިނަ ދިވެހީން މިތިބީ ފެހި ގާނޫނު އަސާސީ ވެސް އިސްލާހު ކުރަން ޖެހޭކަމަށް ގަބޫލުކޮށްގެންނެވެ.
ރައްޔިތުންގެ އަޑު ކޮންމެ ދުވަހަކު އަހާ އަދި ޖަވާބުދާރީވާ ވެރިކަމެއް އޮންނަންޖެހޭ ކަމަށާއި ކޮންމެ ފަސް އަހަރަކުން އަޑު އަހާ ޖަވާބުދާރީވާ ވެރިކަމެއް ބޭނުން ނޫން ކަމަށް އަމްރު ވިދާޅުވި އިރު, ރާއްޖެ ހިންގުމުގެ އޮނިގަނޑު ބަދަލު ކުރަން ޖެހޭ ކަމަށް ބުނެ "އެދޭ ރާއްޖޭ" ހަރަކާތްތުން ވަނީ ވެރިކަން ހިންގުމުގެ ކޮންމެ ނިޒާމެއް އޮތް ނަމަވެސް ރާއްޖޭ ހިންގަން ހަވާލުވާ މީހުން އަމިއްލައަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވާން މަޖުބޫރުވާ ހިތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ގޮވާލަފަ އެވެ.
އެގޮތުން "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް އިސްލާހް ތަކެއް ހުށައަޅާ ރައްޔިތުންގެ ހިޔާލަށް ކަރުދާހެއް ދޫކޮށްލައިފަ އެވެ.
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންގެ ހަރަކާތަކަށް މަގުފަހި ކުރުމެވެ. އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބާރުވެރި ކުރުވުމެވެ.
މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ތަސްދީގުކޮށް އަމަލު ކުރަން ފަށާފައި ވަނީ، މީގެ 17 އަހަރު ކުރިން 7 އޮގަސްޓު 2008ގަ އެވެ.
- އިިތުރަށް ކިޔާލަން: 17 އަހަރު ވި ފެހި ގާނޫނު އަސާސީން ރާއްޖެ ހަދާލީ ވައްކަމާއި ކްރޮޕްޝަނުގެ ހާއްޔަކަށް!؟
އެގޮތުން "އެދޭ ރާއްޖެ" ހަރަކާތުން ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ކަށަވަރު ކުރުމަށް ގާނޫނުއަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމަކީ:
- ރައްޔިތުންގެ ބާރު
- ރައްޔިތުންގެ މަޖިލީސް ތަރުތީބު ކުރުން
- ގާނޫނު އަސާސީން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ދިގުރާސްތާގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުން
- އަތޮޅު ހިންގުމަށް މިހާރަށްވުރެ އިތުރަށް ބާރުތައް ދޭން ލިޔުން
- އަދުލު އިންސާފުގެ ދާއިރާ އިތުރަށް މިނިވަން ކުރެވޭނެ ގޮތެއް ގާނޫނުއަސާސީގެ ތެރެއިން ހޯދުން
- އިންތިހާބީ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރުން
- އަތޮޅު ހިންގުން ރައްޔިތުންގެ ޝާމިލުވުން އިތުރުކުރުން
- ދައުލަތް ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކުރުން
- މިނިވަން ބަންޑާރަ ނައިބެއް ހޯދުން
- ސިޔާސީ ޕާޓީތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުން
- ދައުރު މެދުން މިޑްޓާމް އިންތިހާބު ބޭއްވުމުގެ އިންތިޒާމެއް ހަމަޖެއްސުން
- ސަރުކާރު ރޯލް ސާފުކޮށް ލިޔުން
- ގާނޫނުއަސާސީ އާ ހިލާފުވާ ދައުލަތުގެ އިސް ހިންގުންތެރިން ކަމަށްވާ ހުވާކޮށްގެން މަގާމާ ހަވާލުވާ މީހުންނަށް ހާއްސަ އަދަބެއް ކަނޑައެޅުން
- ސިޔާސީ މަގާމަށް މީހުން އައްޔަނު ކުރެވޭނެ އަދަދު ކަނޑައެޅުން
- ދައުލަތް ޖަވާބުދާރީ ކުރުމުގެ ނިޒާމު އަލުން ތަރުތީބުކޮށް، ސަރުކާރާއި މުޅިން ވަކިން މިނިވަންކަމާއިއެކު ދައުލަތުގެ އެސެޓްތައް ހާމަކޮށް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލުން
- ހިންގުން ހަރުދަނާވާނެ އޮނިގަނޑެއް ގާނޫނުއަސާސީން ބާރު ލިބިގެން އުފެއްދުން
މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ދައުވަތު އަރުވާ ކަމަށް "އެދޭ ރާއްޖެ" އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އަދި މި ދެންނެވި ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތުން ރައްޔިތުންގެ ޝާމިލުވުން އޮވެގެން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައި އެވެ.
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
"މިއީ ފަޅި ސިކުންތަކަށް އޮތް ބާރު 5 އަހަރަށް ހޯދުމަށް ރައްޔިތުން ހިންގާ ހަރަކާތެކެވެ" ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް ދައުލަތުގެ އޮނިގަނޑު ފުރޮޅާލުމަށް ހުށައަޅާ ކަރުދާހަށް ތިޔަ އެންމެ ބޭފުޅުންގެ ހިޔާލަށް ހުޅުވާލަމެވެ.
- އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]