ads
އުރީދޫގެ ހަ ވަނަ އުމްރާ ދަތުރު ލިބުނު ނަސީބުވެރިޔާއަށް އިނާމު ހަވާލުކުރަނީ: އެ ޕްރޮމޯޝަނަކީ އެ ކުންފުނީގެ 20 ވަނަ އަހަރާ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް - ފޮޓޯ: އުރީދޫ
ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް: އުރީދޫގެ ހަ ވަނަ އުމްރާ ދަތުރު އިފާޒަށް
އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ ހަތަރު ވަނަ ނަސީބުވެރި ފަރާތަކަށް މުހައްމަދު އިފާޒު ހޮވިއްޖެ އެވެ.
Advertisement

އެ ޕްރޮމޯޝަނުގެ ހަ ވަނަ ނަސީބުވެރިއަކަށް ހޮވުނީ މުހައްމަދު އިފާޒެވެ. ޖުމްލަ 19 މީހަކަށް އުމްރާ ދަތުރު ލިބޭ އެ ޕްރޮމޯޝަނުގައި ބާކީ ތިބި 13 ނަސީބުވެރިން ކޮންމެ 20 ދުވަހަކުން ހޮވަމުން ދާނެ އެވެ. އެ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައިވަނީ އެއް ކަސްޓަމަރަކަށް ލިބޭ ދެ މީހެއްގެ ހައްޖު ދަތުރެކެވެ.

އުރީދޫން ދޭ ހައްޖާއި އުމްރާ ދަތުރު ޕްރޮމޯޝަނުގައި، އުރީދޫ މިހާރު ބޭނުންކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނީ 30 ދުވަހުގެ ތެރޭގައި 250ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދަށް ވުރެ މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކޮށްގެންނެވެ. 

އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 400ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދުން މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކުރުމުންނެވެ.

އުރީދޫގެ އެ ޕްރޮމޯޝަނުގައި ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.

އުރީދޫން ރާއްޖޭގައި ހަރަކާތްތެރިވާތާ 20 އަހަރު ވެފައި ވާއިރު، އެ ކުންފުނިން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް