ads
ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވި ލ. މާވަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމް
އާއިލާ ބޭނުންނުވިޔަސް އޮޓަފްސީއަށް މޫސަގެ ހަށިގަނޑު އިންޑިއާއަށް
ލ. މާވަށުގައި ވަޅިން ހަމަލާދީ މަރާލި އެރަށު ނަލަހިޔާ، މޫސާ އިބްރާހިމް ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް އިންޑިއާ ފޮނުވައިފިއެވެ.
Advertisement

މޫސާ އިބްރާހިމަށް ވަޅިން ހަމާލާދީ މަރާލާފައިވަނީ މިދިޔަ މަހުގެ 28 ވަނަދުވަހުގެ ހަނދުނުގެ ވަގުތެއްގައެވެ. 9 ދުވަސްފަހުން މޫސާ އިބްރާހިމްގެ އޮޓަޕްސީ ހަދަން ފުލުހުން މި ފޮނުވީ އޭނާގެ އާއިލާ އެކަމާއި ދެކޮޅު ހަދަމުން ދަނިކޮށެވެ. 

ފުލުހުން މިއަދު މީޑިއާތަކަށް ބުނިގޮތުގައި އޮޓޯޕްސީއަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލާފައިވަނީ އިއްޔެ އެވެ. އިތުރު ތަފްސީލެއް ނުދެ އެވެ. 

މޫސާ އިބްރާހިމަށް ވަޅިން ހަމާލާދީ މަރާލި ދުވަސް ނޫން އަނެއް ދުވަހު ފުލުހުން ވަނީ އޭނާގެ ހަށިގަނޑު މާލެ ގެނެސްފައެވެ. އޭރު ފުލުހުން ބުނީ އޭނާގެ ހަށިގަނޑު މާލެ ގެނައީ އިތުރު ތަހުލީލުތަކެއް ހެދުމަށް ކަމަށެވެ. އަދި އޭގެ ފަހުން ފުލުހުން ވަނީ މޫސާ އިބްރާހިމްގެ ޕޯސްމޯޓަމް ހެދުމަށް ނިންމާފައެވެ.

މޫސައަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައެވެ. އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އިބްރާހިމް، 29، އަސަރީ މަންޒިލް، ހދ. ނޮޅިވަރަންފަރު ވަނީ ހަމަ އެ ދުވަހު އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވެފައެވެ. އަދި މޫސަ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ފުލުހުން ހޯދީ އޭނާ ދެއްކި ދިމާލުން މޫދު އަޑިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް