
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އާ އެވެ.
މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޡީމް އެވެ.
މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހަވާލުކުރި ރަށްތައް:
1- ހއ. ތުރާކުނު
2- ހދ. ނޮޅިވަރަމްފަރު
3- ހދ. ފިނޭ
4- ށ. މަރޮށި
5- ނ. މާފަރު
6- ބ. ތުޅާދޫ
7- ބ. ކުޑަރިކިލު
8- މ. މުލި
9- ތ. ގުރައިދޫ
10- ތ. ހިރިލަންދޫ
11- ތ. ކިނބިދޫ
7 އަތޮޅެއްގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކޮށްފައިވާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އާއްމުކޮށް ބޭނުންކުރާ މަގުތައް ތަރައްގީކުރެއްވުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ.