ads
އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް
ވަޒީރުން ޖަވާބުދާރީ ނުވާތީ އެމްޑީޕީ ޕީޖީގެ ސިޓީއެއް ރައީސަށް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު އަދާކުރުމަށް ބައެއް ވަޒީރުން އެއްބާރުލުން ނުދޭތީ, ވަޒީރުން މަޖިލީހަށް ޖަވާބުދާރީވާން އެންގެވުމަށް އެދިވަޑައިގެން، އެމްޑީޕީގެ މުޅި ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފި އެވެ.
Advertisement

އެމްޑީޕީގެ 12 މެންބަރުން ސޮއި ކުރައްވައި، ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި ޖަވާބުދާރީ ކުރުވުމުގެ ގޮތުން ލިޔުމުން ނުވަތަ އަނގަބަހުން ވަޒީރުންނާ ސުވާލު ކުރުމަށް އެތައް ފަހަރެއްގެ މަތިން ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ބަދަލުގައި، އެ ޒިންމާއިން ބަރީއަވެ، ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް މިނިސްޓަރުން ގެންދަވަނީ ހުރަސްއަޅުއްވަމުން ކަމަށް ސިޓީގައި ވެ އެވެ.

"އެހެން ނަމަވެސް، ދެންނެވުނު ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ބަދަލުގައި އެ ޒިންމާއިން ބަރީއަވެ، އަޅުގަނޑުމެންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ވަޒީރުން ގެންދަވަނީ ހުރަސްއަޅުއްވަމުންނެވެ." ސިޓީގައި ބުނެފައިވެ އެވެ.

ވަޒީރުން އައްޔަންކުރުމާއި ވަކިކުރުމާއި ވަޒީރުންނަށް ފިޔަވަޅު އެޅުމުގެ ބާރު ރައީސަށް ލިބިދީފައިވާކަމާއި، ވުމާއެކު މަޖިލީހުގެ މެންބަރުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާ ވަޒީރުންނަށް ފިޔަވަޅު އެޅުމަކީ ރައީސްގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ. އެގޮތުން މަޖިލީހަށް ޖަވާބުދާރީވުމަށް ވަޒީރުންނަށް އަންގަވައި، ގާނޫނު އަސާސީ އާއި ގާނޫނަށް ވަޒީރުން ތަބާވާކަން ކަށަވަރުކުރަން ސިޓީގައި ވަނީ އެދިފަ އެވެ.

ފާހަގަކުރެވޭ ގޮތުގައި، ވަޒީރުން މަޖިލީހަށް ޖަވާބުދާރީވާން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުގެ ފުރުސަތު ނުދޭތީ އިދިކޮޅު އެމްޑީޕީން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މި މައްސަލައިގައި މީގެ ކުރިން އެމްޑީޕީން ވަނީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް