ads
ލަންޑަނުގައި ހުކުމް އިއްވިކަމަށް ބުނާ "ސުންދަރަލިންގަމް ކޫޑަލިންގަމް". މީނާއަކީ ދިވެއްސެއް ނޫންކަމަށް އިމިގްރޭޝަނުން ބުނޭ.
ލަންޑަނުގައި ހުކުމްކުރި ސުންދަރަލިންގަމް ކޫޑަލިންގަމްއަކީ ދިވެއްސެއްނޫން
އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމެއް އިއްވިކަމަށް ބުނާ "ސުންދަރަލިންގަމް ކޫޑަލިންގަމް" އަކީ ދިވެއްސެއްނޫންކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
Advertisement

އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައެއްގައި އެ ގައުމުގެ ކޯޓަކުން ހުކުމެއް އިއްވިކަމަށް ބުނާ "ސުންދަރަލިންގަމް ކޫޑަލިންގަމް" އަކީ ދިވެއްސެއްކަމަށް ބުނެ ބައެއް މީޑިއާތަކުން އެ ހަބަރު ވަނީ ގެނެސްދީފައެވެ. 

ނޫސްތަކުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ 2023 ވަނަ އަހަރުގެ މާރިޗުމަހު ލަންޑަންގައި ހުންނަ މަސާޖު ޕާލާއެއްގައެވެ. މި މައްސަލާގައި އުމުރުން 36 އަހަރުގެ މި މީހާ ހަތަރު އަހަރަށް ޖަލަށް ލުމަށް ލަންޑަންގެ ކޯޓަކުން ހުކުމުވަނީ ކޮށްފައެވެ.

އެކަމާއި ގުޅިގެން އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލައާއި ގުޅިގެން ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފައިވާ "ސުންދަރަލިންގަމް ކޫޑަލިންގަމް" ކިޔާ މީހައަކީ ދިވެހި ސަރުކާރުގެ ކަމާއި ގުޅުންހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ މީހެއް ނޫންކަމަށެވެ.

" ވީމާ މި ފަދަ މައްސަލަތުގައި ސައްހަ ނޫން މައުލޫމާތު ނުވަތަ ފަރުވާލެއްނެތި ކަމެއް އޮޅިގެން ހިނގައިދާނެފަދަ މައުލޫމާތު ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަން." އިމިގްރޭޝަނުން ނެރުނު ކުރު ބަޔާނެއްގައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް