ads
ހިޔާ ފްލެޓެއްގެ ތެރެއިން އަތުލައިގެން 242 ވޭޕް ފްލޭވާ ފުޅި
ގެވެށި އަނިޔާގެ މައްސަލައެއްގައި ހިޔާ ފްލެޓެއް ބަލިނިކޮށް 242 ވޭޕް ފްލޭވާ ފުޅި ފެނިއްޖެ
ގެވެށި އަނިޔާގެ މައްސަލައެއްގައި ހިޔާ ފްލެޓެއް ފާސްކުރަނިކޮށް 242 ވޭޕް ފްލޭވާ ފުޅި ފެނިގެން ފުލުހުން އެތަކެތި އަތުލައިފިއެވެ.
Advertisement

ފުލުހުން ބުނީ ހުޅުމާލެ 2 ޕޮލިސް ސްޓޭޝަނަށް ރޭ ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން، ހިޔާ ފްލެޓުގެ އެޕާޓްމަންޓެއް ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅި ފެނިފައިވާ ކަމަށެވެ.

އެ އެޕާޓްމަންޓުން ޖުމްލަ 242 ވޭޕް ފްލޭވާ ފުޅި ފެނިފައިވާ ކަމަށާއި އެ ތަކެތި މިހާރު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

ރާއްޖެއަށް ވޭޕް އެތެރެކޮށްގެން މިހާތަނަށް ކުރި ޖޫރިމަނާގެ އަދަދު 400 މިލިއަަނަށް ވުރެއް މައްޗަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ ބުނެފައެވެ. 

އެއިދާރާއިން ބުނީ ވޭފް ރާއްޖެއަށް އެތެރެކުރުން މަނާކުރި ދުވަހުން ފެށިގެން ޖޫން 15ގެ ނިޔަލަށް 69 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ. 

އެ ޖޫރިމަނާތަކުގެ އަދަދު 400،460،000 ރުފިޔާ އަށް އަރާ ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ. އަދި  ޖޫރިމަނާކުރި މީހުންގެ ތެރެއިން އެކަކުގެ ޖޫރިމަނާ 72.1 މިލިއަނަށް އަރާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ. 

މިދިޔަ އަހަރުގެ 15 ޑިސެމްބަރުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ވޭޕް ބޭނުންކުރާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ވިއްކުމުގެ މައްސަލަތަކުގައި 20،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ އެވެ.  

ވޭޕްއާއި ސިނގިރޭޓް މަނާކުރުމުން އެތަކެތި ވަގަށް އެތެރެކުރާ މިންވަރު އަންނަނީ އިތުރު ވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް