
ބަޔަކު ބުރިކޮށްލި ކަރަންޓު ކޭބަލް - ފޮޓޯ: ޕޮލިސް
ސްޓެލްކޯގެ ސަބްސްޓޭޝަންގެ ކޭބަލެއް ބުރިކޮށްލި މައްސަލަ ބަލަނީ
އަލީ މިދުހަތު
08 އޯގަސްޓް 2025 - 13:52:11
މަލޭގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލެއް ބުރިކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ފަރީދީ މަގުން ގަޑިބުރު ކައިރީގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަން ތެރެއަށް ރޭ ބަޔަކު ވަދެ، ކޭބަލެއް ބުރިކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފައި ނުވާއިރު، މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ސްޓެލްކޯގެ ސަބްސްޓޭޝަންތަކުން ކަރަންޓު ކޭބަލް ވަގަށް ގެންދާ މައްސަލަތައް ދޭތެރެއަކުން ފުލުހުންނަށް ހުށަހަޅަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް