ads
ތުރުކީން ރާއްޖެއަށް ހަދިޔާކުރާ މިސައިލް ފޮނުވޭ ވައްތަރުގެ މަަނަވަރެއް
ތުރުކީން ހަދިޔާކުރި މިސައިލް ފޮނުވާ މަނަވަރު ރާއްޖެއަށް
ތުރުކީން ރާއްޖެއަށް ހަދިޔާކުރި މިސައިލް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު ރާއްޖެ އަތުވެއްޖެއެވެ.
Advertisement

 އެ މަނަވަރު މިހާރު އޮތީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގަ އެވެ. މި  މަނަވަރު އިފްތިތާހުކުރަން ރަސްމިއްޔާތެއް ވެސް ބާއްވާން ނިންމާފައިވާކަން ވަނީ އެނގިފައެވެ. 

ތުރުކީ ނޫސްތަކުގައިވާ ގޮތުން އެ ގައުމުން ހަދިޔާ ކުރާ މަނަވަރަކީ 44 އަހަރުވެފައިވާ ދުވަސްވީ އުޅަނދެކެވެ. އެ މަނަވަރު ތުރުކީގެ އަސްކަރިއްޔާގެ ބޭނުމަށް  ތުރުކީ ނޭވީއަށް ނެރުނީ 1981 ވަނަ އަހަރުކަމަށެވެ. އަދި އެބޯޓަށް ގިނަދުވަސްވެފައި ވުމުން އެ ބޯޓު މިހާރު ބޭނުންކުރަމުން އަންނަނީ ތަމްރީނުތަކުގައި ބޭނުންކުރާ  މަނަވަރެއްގެ ގޮތުގައިކަމަށްވެސް ތުރުކީގެ ނޫސްތަކުން ބުނެއެވެ.

ޖަރުމަނުގެ ކުންފުންޏަކުން ޑިޒައިންކުރި އެ މިސައިލް ބޯޓްތަކަކީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއެކު ތުރުކީ ކަނޑުގެ ސިފައިން ބޭނުންކުރަން ފެށި ފުރަތަމަ އެ މަނަވަރެވެ. އަދި އެ ބޯޓްތައް ބޭނުންކުރުުން ހުއްޓާލާ ތަމްރީނުތަކުގައި ބޭނުންކުރަން ފެށީ މިދިޔަ އަހަރުން ފެށިގެންކަމަށް ތުރުކީގެ ނޫސްތަކުން ބުނެއެވެ.

ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެއް ކަމަށްވެސް ތުރުކީ އަސްކަރިއްޔާއިން ބުނެއެވެ.  މި މަނަވަރު ރާއްޖެ ގެނައުމުގެ ކުރިން އިސްތަންބޫލްގައި ހުންނަ އެ ގައުމުގެ ކަނޑުގެ ސިފައިންގެ ބޯޓްޔާޑެއްގައި މަރާމާތު ކުރާނެކަމަށް ވަނީ ބުނެފައެވެ. އަދި ބޯޓު ރާއްޖެ ގެންނާނީ ކަނޑު މަގުން ޑޮކް ލޭންޑިން ބޯޓެއް މެދުވެރިކޮށްކަމަށްވެސް ތުރުކީން ބުނެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް