ads
ބަޔަކު ބުރިކޮށްލި ކަރަންޓު ކޭބަލްތަކެއް - ފޮޓޯ: ޕޮލިސް
މާލެއިން 6 ގަޑީރަށް ކަރަންޓު ކެނޑުން: ފުލުުހުންގެ އިބްތިދާއީ ހޯދުންތައް އެއްކޮށްފި
މި އަހަރުގެ ޖޫން 1 ވަނަ ދުވަހު މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގެ އިބްތިދާއީ ހޯދުންތައް އެއްކޮށް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން މިރޭ ހާމަކޮށްފިއެވެ.
Advertisement

ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު ވަނީ އެއްކުރެވިފައިވާކަމަށް ބުނެ، ތަހުގީގު ނިމުމުން ފާހަގަކުރެވުނު ކަންކަން ހިއްސާކުރާނެކަމަށްވެސް ފުލުހުން ބުންޏެވެ.

މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހު، ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ އެދުވަހު މެންދުރު 12:45 ހާއިރުއެވެ. ސްޓެލްކޯއިން ކުރި މަސައްކަތުން މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީ ނިންމާލެވުނީ އިރުވެސް އޮއްސުނު ފަހުންނެވެ. މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދައިން ކަންކަން އިންތިޒާމްކުރުމަށް މިކަން ސީރިއަސް މައްސަލައެއްގޮތުގައި ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެދުވަހު އަންގަވާފައެވެ.

މިއަދުވެސް ވަނީ މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑިފައެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 9:35 ހާއިރުއެވެ. މުޅި ހުޅުމާލެއަށް 11:40 ހާއިރު އެއްކޮށް ކަރަންޓް ދީފައިވާއިރު، މުޅި މާލެއަށް ކަރަންޓް ދެވިފައި ވަނީ 12:10 ހާއިރުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް