ads
ތިލަމާލެ ބްރިޖުގެ ތަނބުތަކެއް. ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ތިލަމާލެ ބްރިޖް: 62 ޕަސަންޓު ނިމިއްޖެ
ތިލަމާލެ ބްރިޖް މަޝްރޫއުގެ 62 ޕަސަންޓު މަސައްކަތް މިހާރު ނިމިފައިވާއިރު، ޝެޑިއުލްއާ އަޅާބަލާއިރު މަސައްކަތް އަދިވެސް 8 ޕަސަންޓު ފަހަތުގައި ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއިން ބުނެފިއެވެ.
Advertisement

މިނިސްޓްރީއިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ތިލަމާލެ ބްރިޖު މަޝްރޫއުގައި ހިމެނޭ ދެ ސެގްމަންޓުގެ ތެރެއިން މާލެއާއި ގުޅީފަޅު ގުޅާލުމަށް ހަމަޖެހިފައިވާ ސެގްމަންޓުގެ މަސައްކަތުގެ 59.81 ޕަސަންޓު ނިމިފައިވާއިރު، ޕްލޭން ކުރެވިފައިވާ ގޮތުން ނިންމަން ޖެހުނީ 77.82 ޕަސަންޓު މަސައްކަތެވެ. މިއީ 18 ޕަސަންޓުގެ ލަސްވުމެކެވެ. ނަމަވެސް ގުޅީފަޅުން ތިލަފުއްޓާ ހަމައަށް ގުޅާލާ ސެގްމަންޓުގެ 38.37 ޕަސަންޓު މަސައްކަތް ނިމިފައިވާއިރު، ޝެޑިއުލްގައި ނިންމަން ހަމަޖެހިފައިވަނީ 34.47 ޕަސަންޓެވެ.

މަސައްކަތް ލަސްވެފައިވާ ސަބަބުތަކުގެ ތެރޭގައި ދުރާލާ ޕްލޭން ކުރަންޖެހޭ ކަންކަން ޝެޑިއުލްއާ އެއްގޮތަށް ރޭވިފައި ނުވުމާއި، ޕައިލިން މަސައްކަތް ނިމެމުންދާއިރު ޕައިލް ކެޕް މަސައްކަތަށް ތައްޔާރުވެފައި ނެތުމާއި، "ރުމެއިލާ" އަކީ މިކަމަށް އެންމެ އެކަށޭނެ ޕްލެޓްފޯމަކަށް ނުވުން ހިމެނެއެވެ. 

މީގެއިތުރުން ބޭނުންވާ ބޮޑު ހިލަ ފަދަ ބައެއް މެޓީރިއަލް ގެނައުމުގައި ލަސްވުމާއި، ސެގްމަންޓް އިންސްޓޯލްކުރުމަށް ޝެޑިއުލް ކުރެވުނު މުއްދަތަށްވުރެ މަސައްކަތް ލަސްވުން ހިމެނެއެވެ. 7.7 ބިލިއަން ރުފިޔާގެ ތިލަމާލެ ބްރިޖް މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއަށް މަސައްކަތުގެ ރިޓެންޝަން ފައިސާ ދޫކުރުމަށް އެދުމުން އެކަމަށް އިންޑިއާ ސަރުކާރުގެ ނޯ އޮބްޖެކްޝަނަކަށް ސަރުކާރުން އެދިފައިވާކަން މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް