ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުސްވި ޖުލައިމަހުގެ 15 ވަނަ ދުވަހު ކުރި އިއުލާންގައި ބުނި އެ އޮފީހުގެ ހާއްސަ ބޭނުންތަކަށް ތިރިކޮށް، އޯވަލް ޝޭޕަށް ހުންނަ މާ ފޯރުކޮށްދޭނެ ބަޔަކު ބޭނުންވާކަމަށެވެ. މިގޮތުން ފޯރުކޮށްދޭ މާ ވާންޖެހޭނީ ތިން ދުވަސް ވަންދެން މޯޅިނުވެ ހުންނަ މަލަށްކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި އިއުލާންކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ރައީސް އޮފީހުން ވަނީ މިހާރު އެ އިއުލާން ބާތިލުކޮށްފައެވެ.
ރައީސް އޮފީހުން ކުރިން އާއްމުކުރި މައުލޫމާތު ޝީޓުގައި ބުނެފައިވާ ގޮތުން ގެންނަ މާ ބޮނޑިއެއްގެ ދިގުމިނުގައި 18 އިންޗި ހުންނަން ޖެހޭނެއެވެ. އަދި އެ ތަކެތި ރައީސް އޮފީހަށް ގެންނަން ޖެހޭނީ ހަފުތާއަކު ދެ ދުވަހުއެވެ. ކޮންމެ ދުވަހަކު ހަ މާބޮނޑި ބޭނުންވާނެ ކަމަށް އިއުލާންގައި ބަޔާންކޮށްފައިވެއެވެ.