ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން މިހާތަނަށް 843 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ވަނީ ދޫކުރެވިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެެއެވެ.
ގުޅިފަޅުން ދޫކުރި ގޯތިތަކުގެ ރަޖިސްޓްރީން އަލުން މި ހަވާލުކުރަނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން އަލުން ގުރުއަތު ނެގުމަށް ފަހުއެވެ. ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގައިކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އަކުން މެންދުރުފަހު 3:00 ޖެހުމާއި ހަމައަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އެޕޮއިންޓަމަންޓް އުސޫލުން ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.