ads
މުހައްމަދު ޝަހީދު އާއި ރައީސް ޑރ. މުއިއްޒު
ހައިކޯޓަށް ޝަހީދު ނެގި މައްސަލައިގައި ހަފްތާއެއް ފަހުން ކޯޓުން ނިންމީ އަމުރެއް ނުދޭން
ސިޔާސީ އެކްޓިވިސްޓެއް ކަމަށްވާ، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު، ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުން ހުއްޓުވުމަށް އަމުރަށް އެދުނުތާ ހަފްތާއެއް ފަހުން، އަދި އެ މައްސަލައިގެ މުއާލާތް ކެނޑުނު ފަހުން އެފަދަ އަމުރެއް ނުނެރޭން ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދު ނިންމަވައިފިއެވެ.
Advertisement

ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި، އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން މި ފަހަކާ ޖެހެންދެން ކުރެއްވި މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުން މަޑުޖައްސާލަން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެ ކޯޓުން ބަލައިގެންތާ ހަފްތާއެއް ފަހުން އެ މައްސަލައިގައި އެދުނު އަމުރު ނެރޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމިއިރު، ސިވިލް ކޯޓުގައި މައްސަލަ އޮއްވާ، ޕްރެޝަރު ބޮޑުވެގެން ޝަހީދުވަނީ ނަން ނަންގަވާފައެވެ.

ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވަނިކޮށް، ޖޭއެސްސީން ޝަހީދު ހުވާ ކުރުވުމަށް އިވެންޓްވެސް ރޭވިއެވެ. އެކަމަކު އާއްމުންގެ ފާޑު ކިޔުން ބޮޑުވެ، ޝަހީދު އެންމެ ފަހުން ނަން ނެންގެވީއެވެ. ނަން ނެންގެވިއިރު، މި މައްސަލަ ޖޭއެސްސީއާ ދެކޮޅަށް ކޯޓަށް ހުށަހެޅި ކޯޓުގައި ރަޖިސްޓްރީވެފައި އޮތްނަމަވެސް އިސްގާޒީ މަރިޔަމް ވަހީދު އެކަމުގައި ގޮތެއް ނުނިންމަވައި އޮތުމަށް ފަހު ގޮތެއް ނިންމިއިރު، ހައިކޯޓަށް ފަނޑިޔާރެއް ނަގަން އަލުންވަނީ އިއުލާންވެސް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް