އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސްގެ ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް ދަނީ ދަތުރުކުރަމުންނެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ މައުލޫމާތު ފަޔާ އެންޑް ރެސްކިޔުއަށް ލިބުނީ މިއަދު ހެނދުނު 10:52 ހާއިރު އެވެ. އަދި ފަޔަމަނުން އެ ރިސޯޓަށް ދިއުމަށް މާލެއިން ފުރީ 11:05 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އަލިފާން ނިއްވުމަށް މިހާރު ކުޑަރަށް ރިސޯޓުގެ ފަޔަ ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މިހާރު އަލިފާން މައިތިރިކޮށްފައިވާއިރު، މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.