ads
ތުޅާދޫ އެއާޕޯޓަށް ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ތުޅާދޫ އެއާޕޯޓަށް ބިން ހިއްކަން 570 މިލިއަނަށް އެމްޓީސީސީއަށް
ބ. ތުޅާދޫގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
Advertisement

މިދިޔަ އެމްޑީޕީގެ ވެރިކަމުގައިވެސް ބ. ތުޅާދޫގައި އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިއެވެ. އެހެންނަމަވެސް އޭރު އެ މަސައްކަތް ފެށި ރިޔާސީ އިންތިހާބު ކައިރިވެފައިވަނިކޮށް 23 އޮގަސްޓް 2023 ގައެވެ. 

އޭރު އެރަށު ފަޅުން 44.70 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރީ 653 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކުރީ އަމިއްލަ ކުންފުންޏެއްކަމަށްވާ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަނާއި އެވެ. 

އަލުން އެ މަސައްކަތް މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ތުޅާދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ އެއްބަސްވުމުގައި މިއަދު އަލުން ސޮއިކުރީ ކުރީގެ އެއްބަސްވުން ބާތިލުކުރުމަށްފަހުއެވެ. 

މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

ތުޅާދޫ ބިން ހިއްކުުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 570 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކުރީ 660 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

މި މަސައްކަތުގެ ދަށުން 55.4 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 2،804 މީޓަރުގެ ރޮކް ރިވެޓްމަންޓާއި 1،677 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖަހާނެއެވެ. 

ތުޅާދޫ އެއާޕޯޓުގައި 1،800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް އަޅާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް