އެމަނިކުފާނު މި ހިދުމަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ އެ އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ޒޯން 2 ގައި ހިމެނޭ ނ. އަތޮޅާއި ރ. އަތޮޅު އަދި ޅ. އަތޮޅުގައި މިހާރު ވެސް އާރުޓީއެލް ފެރީގެ ހިދުމަތް ދެ އެވެ. ބ. އަތޮޅުގައި މިއަދު ހިދުމަތް ފެށުމުން ޒޯން 2 ގެ ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ހިދުމަތް ފުޅާކުރެވުނީ އެވެ.
އާރްޓީއެލްގެ ހިދުމަތް ބ. އަތޮޅުގައި ފަށާފައިވާއިރު މި ހިދުމަތް ފެށުމުގެ ކުރިން މުވައްޒަފުން ނަގައި ތަމްރީން ދިނުމުގެ މަސައްކަތްވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ. ބ. އަތޮޅުގައި ހިދުމަތް ފަށާފައިވާއިރު، މި ދަތުރުތައް ބާއްވާނީ 2 ރޫޓަކަށެވެ. އެމްޓީސީސީން ދޭ މި ހިދުމަތުގައި ބޭނުންކުރާނީ ހައި ސްޕީޑް 2 ފެރީ އެވެ.