ޖުމްލަ ފަސް މެންބަރުން ތިއްބަވާ އެޗްއާރުސީގެ ދެ މެންބަރެއްގެ ފަސް އަހަރުގެ ދައުރު ހަމަވަނީ އަންނަ މަހު 8އަކަށެވެ.
އެހެންވެ އެ ދެ މަގާމަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއްގެ ނަން ރައީސް މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. އެއީ ހ. ސޯސަން، މުހައްމަދު ފާރިސް ތޯހާ އާއި މ. ކޮޕީ، މުހައްމަދު ޝަފީގު މަހުމޫދެވެ.
މި ނަންތައް ދިރާސާކުރަން ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފަ އެވެ.
އެޗްއާރްސީއެމްގައި މިހާރު ތިއްބެވި މެންބަރުންނަކީ:
* ރައީސް މަރިޔަމް މުނާ
* ނައިބު ރައީސް މޫމިނާ ވަހީދު
* ސަމާއު އަހްމަދު ނަޖީބް
* އާމިނަތު ޝިފާތު އަބްދުއްރައްޒާގު
* އިސްމާއިލް ހަބީބް އަބްދުއްރަހްމާން
މީގެ ތެރެއިން އަންނަ މަހު ދައުރު ހަމަވާ ދެ މެންބަރުންނަކީ މޫމިިނާ އާއި ވަހީދާއި އާމިނަތު ޝިފާތެވެ.