ads
ޒުވާން ހަތީބުން ޕްރޮގްރާންގެ ތިންވަނަ ބުރުން ސަނަދު ހާސިލުކުރި ޒުވާނުން
ޒުވާން ހަތީބުން، 269 ކުދިން ތިންވަނަ ބުރު ނިންމައިފި
ޒުވާން ހަތީބުގެ ތަމްރީނުކުރުމުގެ ތިންވަނަ ބުރު ނިންމާ 269 ޒުވާން ސަނަދު ހާސިލުކޮށްފިއެވެ.
Advertisement

ޒުވާން ހަތީބުން ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.

މި ތަމްރީން ޕްރޮގުރާމު ފުރިހަމަކޮށް ސަނަދު ހާސިލްކުރި ހަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހް މުހައްމަދު ލަޠީފްއެވެ. 

your imageޒުވާން ހަތީބުން ޕްރޮގްރާންގެ ތިންވަނަ ބުރުން ސަނަދު ހާސިލުކުރި ޒުވާނުން 

މި ޕްރޮގްރާމްގެ ތިންވަނަ ބުރު ނިމުމުން ޒުވާން ހަތީބުން ތަމްރީން ޕްރޮގުރާމު ފުރިހަމަކުރި ހަތީބުންގެ އަދަދު ވަނީ 503 އަށް އަރާފައެވެ. ހަތީބުން ތަމްރީން ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 65 ޒުވާނުން އަދި ދެވަނަ ބުރުގައި 169 ޒުވާނުން ވަނީ ސަނަދު ހާސިލްކޮށްފައެވެ.

your imageޒުވާން ހަތީބުން ޕްރޮގްރާންގެ ތިންވަނަ ބުރުން ސަނަދު ހާސިލުކުރި ޒުވާނުން 

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ހަތީބުން ތަމްރީން ކުރުންކަން ފާހަގަކޮށްލެވެއެވެ.

ޒުވާން ހަތީބު ޕްރޮގްރާމްގެ އިތުރުން ކައުންސިލަރުން ހުތުބާ ކިޔަން ދަސްކޮށްދިނުމަށްވެސް ކޯހެއް އިސްލާމިކް މިނިސްޓްރީން އަންނަނީ ހިންގަމުންނެވެ. މިކޯހުގައި ބައިވެރިވާން ހުޅުވާލާފައިވާއިރު ފުރަތަމަ ބުރުގައި 50 ކައުންސިލަރުންނަށް ފުރުސަތު ދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް