
އޭނާ މިހެން ބުނެފައި ވަނީ ހާޕާސް ބާޒާރް ޔޫކޭ އަށް ދިން އިންޓާވިއު އެއްގައި ވާހަކަ ދައްކަމުން އެވެ.
އިންޓަވިއުގައި އެމްބިކާ ވަނީ، އޭނާއަށް މިފަދަ ކާމިޔާބީއަކަށް ފަހު، އެކި ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރެވުނު ނަމަވެސް، މިހާރު އިންޑަސްޓްރީގެ މަސައްކަތް ލިބޭ ގޮތުން ހައިރާންވެފައިވާ ކަމަށް ބުނެފަ އެވެ.
އަދި "ވަން ޑޭ" ސީރީޒްގެ ކާމިޔާބީއަށްފަހު ވެސް، އޭނާއަށް ލިބެމުންދާ ކާސްޓިން ހުށަހެޅުންތައް ހުއްޓިފައިވާ ކަމަށް ވެސް އެމްބިކާ ވަނީ ބުނެފަ އެވެ.
"ވަން ޑޭ" އަށް ވުރެ ކުރިން މަޝްހޫރުކަން ހޯދި "ދިސް އިޒް ގޯއިން ޓު ހާޓް" ސީރީޒްގައި ވެސް ހަރަކާތްތެރިވެފައިވާ އެމްބިކާ، އިންޑަސްޓްރީގައި އެކްޓަރުންނަށް ވަކި ބާވަތެއްގެ ރޯލުތަކަށް ހުށަހެޅި "ޓައިޕްކާސްޓް" ވުމުން ސަލާމަތްވުމަށް ކުރިމަތިލާންޖެހޭ ގޮންޖެހުންތަކާ މެދު ހުޅުވިފައިވާ ރައްދެއް ދީފައިވީ ނަމަވެސް، އޭނާ ހުރީ އުންމީދާއެކުގައި ކަމަށް އެމްބިކާ ބުނެ އެވެ.