ads
ސާޖިދު އަދި އޭނާގެ ވަކީލު
ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ ހުކުމް މާދަމާ
ހުވާ ނުކުރާ ކަމަށް ޝަރީއަތުގައި ބުނި ފުލުސް މީހާގެ ބަންދު މައްސަލައިގެ ހުކުމް އިއްވަން ހައިކޯޓުގައި ތާވަލުކޮށްފިއެވެ.
Advertisement

ވޭޕް އާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގދ. ތިނަދޫން ހައްޔަރުކުރި ފުލުހަކު އޭނާ ފުލުހުންގެ ހުވާ ނުކުރާ ކަމަށް ޝަރީއަތުގައި މިދިޔަ ބުރާސްފަތި ދުވަހުވަނީ ބުނެފައެވެ. އޭނާގެ ބަންދު މައްސަލައިގެ ހުކުމް އޮތީ ބުދަ ދުވަހަށް ތާވަލުކޮށްފައެވެ.  

މިދިޔަ ބުރާސްފަތި ދުވަހު އޮތް މި ޝަރީއަތުގެ މަޖިލީހަކީ، ގދ.ތިނަދޫ، ދަފްތަރު ނަންބަރު 47، މުޙައްމަދު ސާޖިދު އަހުމަދު، ވޭޕް ގެންގުޅެ އެތަކެތި ވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އޭނާ ދިރިއުޅޭ ގެއިން އިލެކްޓްރޯނިކް ސިގިނރޭޓާ ގުޅޭ ހެކިތަކުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވާތީ އެކަމާ ގުޅުންހުރި މައްސަލައެވެ.

އެ މައްސަލައިގާ ސާޖިދު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ގދ.ތިނަދޫ ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ދޫކޮށްލާފައެވެ. ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ ތިނަދޫ ކޯޓުގެ ނިންމުން ބަދަލުކުރުން އެދިއެވެ. މި މައްސަލާގައި ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރާ ނުކުތާއަކީ ޖިނާއީ ކުށަކަށް ވާ ގޮތަކީ ސާޖިދު ފުލުހެއްގެ ވަޒީފާގައި ހުރެގެން ގާނޫނުގައި މަނާ ކަމެއް ކުރުމެވެ. 

ރައްދުގައި، ސާޖިދުގެ ދިފާއީ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ މިދިޔަ މެއި 7 ވަނަ ދުވަހުން ފެށިގެން ފުލުުހުންގެ ހިދުމަތުގައި ހުއްޓަސް ދައުލަތުން ބުނާގޮތުން ސާޖިދު ހުވާކޮށްފައިނުވާ ކަމަށެވެ. ސާޖިދަކީ ޕޮލިސް ޔުނީފޯމް އަޅާ މީހެއް ނޫން ކަމަށާއި ހުވާކުރަން އޮތަސް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ވެސް ދިފާއީ ވަކީލު ވިދާޅުވި އެވެ.

"ކޮންސްޓެބްލަރީ ހުވާގެ ރަސްމިއްޔާތު އޮތް، އެ ތަނަށް އަޅުގަނޑު ވެސް ދިޔައިން. އެކަމަކު، އަޅުގަނޑު ހުވައެއް ނުކުރަން. އަޅުގަނޑު ހުރީ އެތާ. ރަސްމިއްޔާތަށް ގޮސްފައި ވެސް ކުޑަކޮށް ބިރުގަތީ ، އެއީ ﷲ ގަންދީ ކުރަންޖެހޭ ހުވައެއްވީމަ، އޭގަ އަންނަ ކަންތައްތަކަށް ވިސްނާލީމަ،" ސާޖިދު ބުންޏެވެ.

ސާޖިދު މިހެން ބުނި ނަމަވެސް ހުވާ ހިމެނޭ އިބާރާތާ އެކު މަގާމުގެ ލިޔުމުގައި އޭނާ ސޮއިކޮށްފައި ވެސް ވެ އެވެ. އެހެންވެ އެއީ ޝަރީއަތަށް އޮޅުވާލުމުގެ ގަސްތުގައި ދެއްކި ވާހަކަތަކެއް ކަމުގައި ދެކޭ ކަމަށް ބުނެ ފަނޑިޔާރުން ނުރުހުން ފާޅު ވެސް ކުރެއްވި އެވެ.

ހުވާގެ ވާހަކަ ދިފާއުގައި ނެގުމުން، ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ ހިތްހަމަޖެހިވަޑައިނުގެން ވަރުގަދަ ސުވާލުތަކެއް ކުރައްވައިފަ އެވެ.

ފަނޑިޔާރު ނިޔާޒު ވަނީ ފާސްކުރުމުގެ ތެރެއިން ފެނުނީ ސާޖިދުގެ ތަކެތި ނޫން ކަމަށް ބުނާ ކަމަށާއި އަދި އޭގެ ކުރިން ހުވައާ ބެހޭގޮތުން ދެއްކި ވާހަކަތައް އަޑުއިވުމުން، މައްސަލަ ރައްދުވާ ފަރާތް ހަދަނީ ތެދު ކަމަށް ގަބޫލުކުރަންތޯ، ދިފާއީ ވަކީލާ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި ދިފާއީ ވަކީލު ވިދާޅުވީ އެގޮތަށް އުއްމީދުކުރާ ކަމަށެވެ.

"ހުވާކުރާ ރަސްމިއްޔާތުގައި ބައިވެރިވެ، ރަސްމީކޮށް ހުވާކޮށްފައި، އެ ތަނުގައި ހުރެފައި، އެ ތަނުގައި ބައިވެރިވެ އައިސް ފަނޑިޔާރުންގެ ކުރިމަތީގައި މި ބުނަނީ މިއީ ތިމަންނަ އަނގަބަހުން އެގޮތަށް ނުކުރަމޭ،" ނިޔާޒު ވިދާޅުވި އެވެ.

މި ބަހުސާ އެކު އަޑުއެހުންތައް އެއްކޮށް ވަނީ ނިންމާލައިފަ އެވެ. އަދި ހުކުމް ކުރުމުގެ އަޑުއެހުން ތާވަލްކުރުމަށް ފަހު އަންގަވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާނުކުރި އެވެ.

ފަނޑިޔާރުގެ ނިޔާޒުގެ އިތުރުން މި މައްސަލަ ކޯޓުގައި ބައްލަވާ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ދީބަނާޒު ފަހުމީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް