ads
ޝަގީމް އަހްމަދު ކާފަ ދަރި އާ އެއްކޮށް
ތެދުވެރިކަން ސާބިތުކޮށްދީ އަނބިދަރިންގެ އިތުބާރު އަލުން ހޯދީ އަމަލުން
ކޮންމެ ދަރިއެއްގެ ނަޒަރުގައި، އެ ދަރިއެއްގެ ބައްޕައަކީ ދިރިއުޅުމުގެ އެންމެހައި މަރުހަލާތަކުގައި، ހިތްވަރާއި އުންމީދުގެ މަންބައެއް ނަމަވެސް، ހަޔާތުގެ އުނދަގޫ ދަތުރުގައި ބައެއްފަހަރު ދިމާވާ ނޭދެވޭ ހާލަތްތަކުގެ ސަބަބުން، ދަރިންނަށް ބައްޕަގެ ލޯތްބާއި އަޅާލުން އެކަށީގެންވާ މިންވަރަށް ނުލިބި، ހިތްދަތިކަމާއި ގޮންޖެހުންތަކާ ކުރިމަތިލާން މަޖުބޫރުވެ އެވެ.
Advertisement

މިފަދަ ދަތި އުނދަގޫ ހާލަތްތަކުން އަރައިގަނެ، ދިރިއުޅުމަށް އާ އުއްމީދެއްގެ ނޫރު ގެނެސްދޭ ހިތްގައިމު އަދި އަސަރުގަދަ ވާހަކަތައް ދުނިޔޭގައި މަދެއް ނޫނެވެ. މި ލިޔުމުގައި ހިމެނެނީވެސް ހަމަ އެފަދަ ޝުއޫރުތަކެއް އާލާކޮށްދޭ ޖަޒުބާތީ ވާހަކަތަކެކެވެ.

މިއީ ގއ. ދާންދޫއަށް ނިސްބަތްވާ ޝަގީމް އަހްމަދުގެ އަދިރި ދިރިއުޅުމަށް ލިބުނު އުފާވެރި ބަދަލުގެ ހިތްގައިމު ވާހަކަ އެވެ. މިއީ ހަތް އަހަރުގެ ދިގު، ހިތާމަވެރި ވަކިވުމަކަށްފަހު، އަލުން އާއިލާގެ ފޮނި ހިޔާވަހިކަމަށް އެނބުރި ދިއުމަށްޓަކައި ބައްޕައެއް ކުރި މިންނެތް މަސައްކަތުގެ ނަތީޖާއިން ލިބުނު އުފާވެރި ކާމިޔާބީގެ ވާހަކަ އެވެ.         

ޝަގީމް އަހްމަދުގެ އާއިލާއިން "ސީއެންއެމް" އަށް ކިޔައިދިން ގޮތުގައި ހަތް އަހަރުގެ ދިގު މުއްދަތަކަށް، ބައްޕަގެ ނަން މުޅި އާއިލާއަށް ގެނެސްދިނީ ވޭންދެނިވި އަދި ހިތްދަތި ހަނދާންތަކެކެވެ. މަސްތުވާތަކެއްޗަށް ދެވިހިފައި، އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކުގައި އުޅުނު މީހެއްގެ ގޮތުގައި މުޖުތަމައުގައި ފާހަގަކުރެވުނެވެ. ބައްޕަގެ ނޭދެވޭ އަމަލުތަކުގެ ސަބަބުން، އަނބިމީހާއާއި ދަރިންގެ އިތުބާރު ގެއްލި، އާއިލީ ގުޅުން ނުހަނު ބަލިކަށިވެގެން ދިޔަ އެވެ.

" ހަތް އަހަރުގެ ދިގު މުއްދަތަކަށް، ބައްޕަގެ ނަން މުޅި އާއިލާއަށް ގެނެސްދިނީ ހިތްދަތި ހަނދާންތަކެއް، މަސްތުވާތަކެއްޗަށް ދެވިހިފައި، ނުބައި އަމަލުތަކުގައި އުޅުނު މީހެއްގެ ގޮތުގައި މުޖުތަމައުގައި ފާހަގަކުރެވުނު، ބައްޕަގެ ނޭދެވޭ އަމަލުތަކުގެ ސަބަބުން، ހުރިހާ އެންމެންގެ އިރުބާރު ގެއްލި، އާއިލީ ގުޅުން ނުހަނު ބަލިކަށިވެގެން ދިޔަ " ޝަގީމް ބުންޏެވެ.

މި ހިތާމަވެރި ހާދިސާތަކުގެ ނަތީޖާއެއްގެ ގޮތުން، އުމުރުން އެންމެ 31 އަހަރުގައި ޝަގީމް ކުށްވެރިވެ ހައްޔަރުކުރެވި، ޖަލު އަދަބު ތަންފީޒުކުރަން ޖެހުނެވެ. ނަމަވެސް، މިހާރު އުމުރުން 48 އަހަރުގައި، ބައްޕަ މަޝްހޫރުވެފައިވަނީ ކުރީގެ "ގޯސް ބައްޕަ"ގެ ގޮތުގައި އެއް ނޫނެވެ. މިހާރު ޝަގީމް ފާހަގަކުރެވެނީ އަނބިމީހާއަށާއި، ދަރިންނަށާއި، ކާފަދަރިންނަށް ދައްކާ ފުން ލޯތްބާއި، ނުހަނު އަޅާލުމާއި، އަދި ދޭ ހާއްސަ އިހްތިރާމަށެވެ. މިއީ އިންސާނެއްގެ ދިރިއުޅުމުގައި އަންނަ ހެޔޮ ބަދަލުގެ ރީތި މިސާލެކެވެ.

"ބައްޕަގެ ޒުވާން ދުވަސްވަރު ހޭދަވެގެން ދިޔައީ ސިނގިރެޓް ބުއިމާއި، ރާބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، އަދި މަސްތުވާތަކެތި ވިއްކުމުގަ" ޝަގީމްގެ އާއިލާއިން ކިޔައިދިނެވެ.

ކޮންމެ ދަރި އަކު ވެސް ބައްޕަ ބޭނުންވާ ފަދައިން ބައްޕަގެ ލޯތްބާ އަޅާލުން ލިބޭތޯ ބައްޕަގެ ތިން ދަރިންވެސް ގިނަ އަހަރު ތަކެއް ހޭދަކުރީ އެ އިންތިޒާރުގަ އެވެ. ނަމަވެސް ބައްޕަ އަށް ކުރެވުނު ކުށުގެ ސަޒާ ލިބިގެން ދިޔައީ އަނބިދަރީންނަށެވެ.

އެ ކަމުގެ ސަބަބުން ޖަލަކީ ބައްޕައަށް ހެޔޮ ބަދަލަށް އެބުރުމުގެ ފެށުން މަކަށް ވެގެންދިޔަ އެވެ. ފުރަތަމަ ފަހަރަށް ބައްޕަ ކުރި ނުބައިކަންތައްތަކާ ކުރިމަތިލި އެވެ. ޖަލުގައި ހުރެގެން އާއިލާއަށް އެހީތެރިވާން މަސައްކަތްކުރިއެވެ. އަހަރުތައް މަޑުމަޑުން ފާއިތުވަމުންދިޔައީ ހިތާމަޔާއި، އަލުން އާއިލާ ކައިރިއަށް ދިޔުމުގެ އުންމީދުގަ އެވެ.

" ޖަލަކީ ބައްޕަ ބަދަލުވުމުގެ ފެށުމަކަށް ވެގެންދިޔަ، ފުރަތަމަ ފަހަރަށް ބައްޕަ ކުރި ނުބައިކަންތައްތަކާ ކުރިމަތިލީ އަދި ޖަލުގައި ހުރެގެން އާއިލާއަށް އެހީތެރިވާން މަސައްކަތްކުރިން އަދި އަހަރުތައް މަޑުމަޑުން ފާއިތުވަމުންދިޔައީ ހިތާމަޔާއި، އަލުން އާއިލާ ކައިރިއަށް ދިޔުމުގެ އުންމީދުގަ " ޝަގީމް ހިމެނޭހެން އާއިލާއިން އެކުގައި ތިބެ ދިން އިންޓަވިއުގައި އޭނާ ކިޔައިދިނެވެ.

your imageޖަލުގައި ހުރި އިރު ޝަގީމް އަހްމަދު

"ހަތް އަހަރުގެ ދިގު މުއްދަތެއްގެ ތެރޭގައި ފާހަގަކުރެވުނު ރަނގަޅު އަހްލާގާއި ނަމޫނާ ސުލޫކުގެ ސަބަބުން، 25 އަހަރުގެ ޖަލު ހުކުމް މައާފުކޮށްދެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީން، މިނިވަންކަން ލިބުމާއެކު، ބައްޕަގެ ހަޔާތުގެ މަގްސަދު މުޅިން ބަދަލު ކޮއްލީ، ބައްޕަގެ އެންމެ އިސް އަމާޒަކަށް ވެގެންދިޔައީ އާއިލާއަށް އަބަދުވެސް ބޭނުންވާ ފަދަ ބައްޕައަކަށް ވުން ،މިއީ ފަސޭހަ މަގެއް ނޫންކަން ބައްޕައަށް ރަނގަޅަށް އިނގޭ" ޝަގީމް ބުންޏެވެ.

ހަތް އަހަރުގެ ދިގު މުއްދަތެއްގެ ތެރޭގައި ފާހަގަކުރެވުނު ރަނގަޅު އަހްލާގާއި ނަމޫނާ ސުލޫކުގެ ސަބަބުން، 25 އަހަރުގެ ޖަލު ހުކުމް މައާފުކޮށްދެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އެވެ. މިނިވަންކަން ލިބުމާއެކު، ބައްޕަގެ ހަޔާތުގެ މަގްސަދު މުޅިން ބަދަލުވެގެން ދިޔައެވެ. ބައްޕަގެ އެންމެ އިސް އަމާޒަކަށް ވެގެންދިޔައީ އާއިލާއަށް އަބަދުވެސް ބޭނުންވާ ފަދަ ބައްޕައަކަށް ވުމެވެ. މިއީ ފަސޭހަ މަގެއް ނޫންކަން ބައްޕައަށް ރަނގަޅަށް އެނގިހުރެ އެވެ.

އަނބިދަރިންގެ ހިތްތަކުން ގެއްލިފައިވާ އިތުބާރާއި ލޯބި އަލުން ހޯދުމަކީ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމެއްކަން ބައްޕައަށް ވިސްނުނެވެ. ނަމަވެސް، ވަގުތު ފާއިތުވެގެން ދިއުމުގެ ކުރިން، ބައްޕަގެ ތެދުވެރިކަމާއި އިހްލާސްތެރިކަން ސާބިތުކޮށްދިނީ ހަމައެކަނި ބަހުގެ ޒަރީއާއިން ނޫނެވެ. ބައްޕަގެ އަމަލުތަކުންނެވެ. މި ގޮތުން، އާއިލާއަށް ވަގުތު ދިނުމާއި، ދަރިންގެ ތައުލީމަށް އަހައްމިއްޔަތުކަން ދިނުމާއި، އަނބިމީހާއަށް އެހީތެރިވުމާއި، އާއިލާގެ ބޭނުންތައް ފުއްދައިދިނުމަށް ކެނޑިނޭޅި މަސައްކަތްކުރުން ހިމެނެއެވެ.

ޝަގީމްގެ އަށް ކުރިން ދިފާއުކުރަން ނުކެރުނު އޭނާގެ އަނބިމީހާއަށް ރައްކާތެރިކަން މިއަދު ދޭން ފެށި އެވެ. ޝަގީމްގެ ދަރިންގެ ވާހަކަ ތައް އަޑުއަހައި، ކުރިން ނުކުރާ ގޮތަށް އެމީހުންނަށް އެހީތެރިވިއެވެ. މުހިއްމު މުނާސަބަތުތަކުގައިވެސް، ދުވަހީ ދަތިތަކުގައިވެސް، އަދި ކުޑަކުޑަ ކަންތައްތަކުގައިވެސް ބައްޕަ އާއިލާއާ އެކު ވަގުތު ހޭދަކުރަން ފެށިއެވެ.

" މިއަދު ބައްޕަގެ މާޒީއަކީ ކުރިން ހުރި ތަނެއްގެ ހަނދާނެއް، އެކަމަކު ބައްޕަގެ މިހާރުގެ ޝަހްސިއްޔަތެއް ނޫން، ބައްޕަގެ ދަރިން ބައްޕަ ދެނެގަންނަނީ މަޑުމައިތިރި، އަނބިދަރިންދެކެ ލޯބިވާ، އަދި ރައްކާތެރިކަން ދޭ މީހެއްގެ ގޮތުގަ އަދި އެމީހުންނަށް އަޅާލާ، އަދި އެމީހުންނަށް ރައްކާތެރިކަން އިހުސާސްކުރުވާ މީހެއްގެ ގޮތުގަ، އެއީ ބައްޕަ ބޭނުން ވި ގޮތް" ޝަގީމްގެ ދަރިއަކު ކިޔައިދިނެވެ.

ޝަގީމްގެ ބަދަލުވުމަކީ ހަމައެކަނި ކުރެވުނު ގޯސްތައް ނައްތާލުމެއް ނޫނެވެ. އެއީ އެކަންތައްތަކާ ކުރިމަތިލައި، އެކަންތައްތަކުން ފިލާވަޅުލިބި، އަދި ކޮންމެ ދުވަހަކުވެސް ރަނގަޅުވުމަށް މަސައްކަތްކުރުމެވެ. ޝަގީމްގެ ދަތުރުން ދައްކައިދެނީ، އެންމެ އަނދިރި ވަގުތުތަކުގައިވެސް، މީހަކު ބަދަލުވާން ނިންމައިފިނަމަ، ދިރިއުޅުމުގެ ވާހަކަ ނިމިފައި ނުވާކަމެވެ.

your image ޝަގީމް އަހްމަދުގެ ދަރިފުޅުގެ ކައިވެނީގެ ތެރެއިން

"މިހާރު ބައްޕައަކީ ފަސް ވަގުތު ނަމާދުކުރާ، ގުރްއާން ކިޔަވާ މީހެއް، ބައްޕަގެ އީމާންތެރިކަމާއި އިސްލާމްދީނުގެ ތެދުމަގުން ދިރިއުޅުމަށް މަސައްކަތްކުރަން، މި ބަދަލުވުމަކީ ބައްޕަގެ އަމިއްލަ ނަފްސަށް ގެނައި ބަދަލެއް ނޫން މިއީ އާއިލާއަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް ގެނެސްދިން ކަމެއް" ޝަގީމްގެ ދަރިއަކު ކިޔައިދިނެވެ.

ޝަގީމްގެ ވާހަކައިން ދޭހަވަނީ އިންސާނުންގެ ކިބައިގައި ބަދަލުވުމުގެ ގާބިލުކަން ހުންނަ މިންވަރެވެ. ޝަގީމްގެ ދަތުރަކީ ނުބައި އަމަލުތަކުން ދުރުވެ، ހެޔޮ ގޮތްތަކަށް އެނބުރި، އާއިލާގެ ލޯބި އަލުން ހޯދުމުގެ ނަމޫނާއެކެވެ. ޝަގީމްގެ މިސާލުން އެހެން މީހުންނަށްވެސް ހިތްވަރު ލިބި، އެމީހުންގެ ދިރިއުޅުން ރަނގަޅު މަގަށް އެޅުވުމަށް މަގުފަހިވެގެންދާނެ އެވެ.

ޝަގީމްގެ ވާހަކައިން ދަސްވާ އެންމެ މުހިންމު އެއް ފިލާވަޅަކީ، މާޒީގެ ގޯސްތަކުން ފިލާވަޅު ލިބިގަނެ، މުސްތަގުބަލުގައި ރަނގަޅު ގޮތްތަކަށް އަމަލުކުރުމުގެ މުހިންމުކަމެވެ. އަދި ތައުބާވެ އިސްލާހުވުމުގެ ދޮރު އަބަދުވެސް ހުޅުވިފައި އޮންނަކަމާއި، އާއިލާގެ ލޯތްބާއި އެއްބައިވަންތަކަމުގެ ބާރުގަދަކަމެވެ.

ޝަގީމްގެ ދިރިއުޅުމުގެ ބަދަލުވުމަކީ މުޖުތަމައުއަށް ލިބޭ އިބްރަތެކެވެ. ކުށްވެރިންނަށް އަލުން ފުރުސަތު ދިނުމާއި، އެމީހުން އިސްލާހުވުމަށް އެހީތެރިވުމުގެ މުހިންމުކަން މީގެން ހާމަވެ އެވެ. މިފަދަ ކާމިޔާބު މިސާލުތަކުން އެހެން މީހުންނަށްވެސް ހެޔޮ ބަދަލުވުމަކަށް މަގުފަހިވެގެންދާނެ އެވެ. ޝަގީމްގެ ވާހަކައަކީ އުންމީދާއި ފިލާވަޅުން ފުރިގެންވާ ވާހަކައެކެވެ. ބައްޕަގެ އުދަނގޫ ދަތި ދަތުރުން ކިޔައިދެނީ އިންސާނުންގެ ކިބައިގައިވާ އިސްލާހުވުމުގެ ގާބިލުކަމާއި، ހުނަރު ހުރި މަތިވެރިކަމެވެ. އަދި ތިމާގެ މަގުގައި ސާބިތުވެ ހުރުމަށް އަމިއްލަ ނަފްސުގެ ކަށިން ހިތްވަރު ނެރެން ޖެހޭ ކަމެވެ. 

މިއަދު ޝަގީމް އަކީ މުޅި އާއިލާގެ ތަބެވެ. އެންމެން ހެއްވާލަދީ އުފާކޮށްދޭ އެހީތެރިޔާ އެވެ. ދަރިންނަށް އަޅާލުމާއި ލޯބި ދެވޭތީ މިއަދު ޝަގީމް ހުރީ އުފަލުން ނެވެ. މުޅި މުޖްތަމައުއާއި އާއިލާއަަށް ހެޔޮ އެދިގެން ނެވެ. ޝަގީމް އަށް އިއްޔެ އަކީ މިއަދު ގެ އުފާވެރިކަމުގެ ދަތުރުގެ މާއްދީ ތަޖުރިބާ އެވެ. މާޒީގެ ހިތި ވާހަކަތަކުން ޝަގީމް އަށް މިއަދު ގެނެސް ދެނީ އުފާވެރިކަމުގެ ހަބަރުތަކެވެ. 

90%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް