
ނަމަވެސް، އެއާއެކު ކަނޑުތައް ގަދަވާނެ ކަމަށް އެ އޮފީހުން އިންޒާރު ދީފިއެވެ.
ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ރާޅުގެ އުސްމިން 5 ފޫޓަށް އުފުލިދާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. މިހާރު ހިނގަމުންދަނީ މާ ނަކަތެވެ. މި ނަކަތަކީ ރާއްޖޭގައި އާންމުކޮށް ވައި މަޑުވެ ކަނޑުތައް މަޑުވާ ނަކަތެއް ކަމުގައި ބެލެވެއެވެ.
މާ ނަކަތަކީ އޮގަސްޓު 11 ވަނަ ދުވަހުން ފެށިގެން އޮގަސްޓު 23 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ. ނަމަވެސް، އިހުގައި ދިވެހިން ބުނެ އުޅޭގޮތުން އަހުލިހަ ނަކަތުގައި ވިއްސާރަ ވެއްޖެނަމަ، މާ ނަކަތުގައިވެސް ވިއްސާރަވާނެކަމަށް ބެލެވެއެވެ. މި ނަކަތުގައި އާންމުކޮށް ވައިޖެހޭނީ ހުޅަނގުންނެވެ. އަދި ވިއްސާރަ ނޫންނަމަ މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެކަމަށްވެސް ބެލެވެއެވެ.