ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ބަޔަކު ހިދުމަތް ހޯދަނީ - ފޮޓޯ: އެމްއޭސީއެލް
ދެ ގުނަ އިތުރުވެ، ރާއްޖެއަށް ވައިގެމަގުން 1686 ޓަނުގެ މުދާ އެތެރެކޮށްފި
ރާއްޖެއަށް ވައިގެމަގުން އެތެރެކުރާ މުދަލުގެ މިންވަރު މިއަހަރު ބޮޑުތަނުން އިތުރުވެއްޖެއެވެ.
Advertisement

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ފަސް އެއާލައިނަކުން ޖުމްލަ 1686 ޓަނުގެ މުދާ ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެތެރެކުރި 510 ޓަނާ އަޅާބަލާއިރު 230.6 ޕަސަންޓުގެ އިތުރުވުމެކެވެ.

ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު މިހާބޮޑަށް އިތުރުވެފައިވަނީ ކާގޯ އުފުލާ ވައިޑް ބޮޑީ މަތިންދާ ބޯޓުތަކުން ރާއްޖެއަށް ދަތުރުތައް ކުރަން ފެށުމާ ގުޅިގެންނެވެ. އެގޮތުން މިއަހަރު ގަތަރު އެއަރވޭސްގެ ކާގޯ ބޯޓު B777F އިން ދެ ދަތުރެއް ކޮށް 63 ޓަނުގެ މުދާ ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން އެފްކޮމް ކާގޯއިން 106 ފްލައިޓަކުން 1459 ޓަނު އެތެރެކޮށްފައިވާއިރު، ފްލައި ވާޔުއިން 9 ފްލައިޓަކުން 126 ޓަނު، އެމްޖެޓްސްއިން 2 ފްލައިޓަކުން 34 ޓަނު އަދި އެއަރ މަރސްޓަރއިން 1 ފްލައިޓަކުން 2 ޓަނުގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް