
މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 632 މިލިއަން ރުފިޔާއާ އަޅާބަލާއިރު 102 ޕަސަންޓު އިތުރު އަދަދެކެވެ.
މީރާއިން ނެރެފައިވާ ޖުލައި މަހުގެ އާމްދަނީ ރިޕޯޓުގައި ހިމެނޭ މައުލޫމާތުތަކަށް ބަލާއިރު، ގްރީން ޓެކުހުން ލިބޭ އާމްދަނީ ދަނީ އިތުރުވަމުންނެވެ. ގްރީން ޓެކުހަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން ކޮންމެ މަހަކުވެސް ބަޔާން ހުށަހަޅައި ފައިސާ ދައްކަން ޖެހެއެވެ. މިގޮތުން ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހެވެ.
ގްރީން ޓެކުހުން ލިބޭ އާމްދަނީ ސަރުކާރުން ބޭނުންކުރަނީ ރަށްރަށުގައި ތިމާވެއްޓާ ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށެވެ. އޭގެތެރޭގައި ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް އަދި ފެނުގެ ނިޒާމް ގާއިމްކުރުން ފަދަ މަޝްރޫޢުތައް ހިމެނެއެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުންނެވެ.