ads
މާލެ މަތިން ފެންނަ ފޮޓޯއެއް
އިމާރާތަކުން ބައިތަކެއް ވެއްޓި: ފުލުހުން މައްސަލަ ބަލަނީ
މާލޭގެ ބުރު ޕާކު ކައިރީގައި ހުންނަ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) ގެ އިމާރާތުން ބައިތަކެއް މިއަދު ވެއްޓި ސަރަހައްދުގައި ޕާކުކޮށްފައި ހުރި ހަތަރު އުޅަނދަކަށް ގެއްލުން ވެއްޖެއެވެ.
Advertisement

ފުލުހުން ބުނީ އިމާރާތުން ބައިތަކެއް ވެއްޓުނު މައުލޫމާތު މިއަދު 13:00 ހާއިރު ލިބުނު ކަމަށެވެ. އަދި މިހާރު މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އަމީނީ މަގުގައި ހުންނަ އީޑީސީ އިމާރާތުން ބައިތަކެއް ވެއްޓުމާ ގުޅިގެން ޖެހިގެން ހުރި އިމާރާތަކަށާއި، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ދެ ސައިކަލަކާއި ދެ ކާރަކަށް ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މާލޭގައި އެތައް އަހަރެއް ވަންދެން ބޭނުންނުކޮށް، ރެނދުލައި، ގެއްލުންތައް ލިބިފައިވާ އިމާރާތްތައް ހުރިކަން ފާހަގަކުރެވެއެވެ. މިހާރު ކޮންކްރީޓް ބައިތައް ވެއްޓުނު އިމާރާތަކީ ބޭނުންނުކުރާ އިމާރާތެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން ބުނެފައިވަނީ، އެ ހާދިސާއާ ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް