މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް އިން ކޮންސްޓްރެކްޓާ ފައިނޭންސިންގެ އުސޫލުން 55 ރަށެއްގައި ކައުންސިލު އޮފީސް އިމާރާތްތައް އަޅަން ސޮއިކުރީ، މި އަހަރުގެ ޖެނުއަރީ 20، ގަ އެވެ. އެ އެއްބަސްވުން ފަހުން ބާތިލުކުރީ ކުންފުނިން ހަބަރެއް ނުވެގެންނެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީ އިން ބުނީ، އާރުސީސީއާ އެ މަޝްރޫއު ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
އެކަމަކު އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ، ކިހާ އަގަކަށް ކަމެއް ނުބުނެ އެވެ.
ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން މެލޭޝިއާގެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރިއަސް އެ ކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފު ކުރިން ވިދާޅުވެފައި ވެ އެވެ.
މި މަޝްރޫއު ނިންމަން ސަރުކާރުން ހެކްސްޓާއާއެކު ވީ އެއްބަސްވުމުގެ އަގަކީ 36 މިލިއަން ޑޮލަރެވެ.