މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ތޯހާއާއެކު ކުރި އިންޓަވިއުގައި ބައެއް މެންބަރުން ސުވާލުކުރި ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅޭގޮތުން ތޯހާ ނަފީކުރައްވައި ވިދާޅުވީ އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ. އޭނާގެ ކުރީގެ އަނބިމީހާއާ އޮންނަ ގުޅުން މިހާރުވެސް ރަނގަޅު ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ސިފައިންގޭގައި މަސައްކަތްކުރި ދުވަސްވަރު ލާއިންސާނީ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތުވެސް ތޯހާ ދޮގުކުރެއްވިއެވެ.
އިންޓަވިއުގެ އިތުރަށް، ގާނޫނުތަކާގުޅޭ ސުވާލުތަކަށް އެކަށީގެންވާ ޖަވާބުތަކެއް ދެއްވަން ތޯހާއަށް ނޭނގުނެވެ. ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ދަށުން މާކްސް ލިބުމާއެކު ތޯހާގެ ނަން ވަނީ ކޮމިޓީން ބޭރުކޮށްފައެވެ. ހަމައެކަނި ޝަފީގު މަހްމޫދުގެ ނަން އެކަންޏެވެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފައިވަނީ.