އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އޭނާ ލަގެޖްގައި ފޮރުވައިގެން ރާއްޖެއަށް ގެނައި ތަކެތި ފީލްޑް ކިޓުން ޓެސްޓުކުރުމުން ކޮކެއިންއަށް ޕޮސިޓިވްވެފައިވެއެވެ. މީގެއިތުރުން، އޭނާ ބައެއް ދިވެހީންނާ ގުޅިގެން މި މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ކަމަށްވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށެވެ. އަދި މިކަމާ ގުޅިގެން "ކޮންޓްރޯލް ޑެލިވަރީ" އެއް ހިންގިފައިވާކަމަށްވެސް ބުންޏެވެ. މި މައްސަލައިގައި އޭނާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.