
ރައީސް މުއިއްޒު މިހެން ވިދަޅުވީ ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑާ އެޑްމިރަލް ކާދިރް ޔިލްޑްޒް، އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުހްއްމަދު މުޢިއްޒުވަނީ ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރާއި ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރަކީ، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ވަރުގަދަގުޅުން ދައްކުވައިދޭ ރަމްޒެއްކަން ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑާ އެޑްމިރަލް ކާދިރް ޔިލްޑްޒް ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުން ބުުނެއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސް ޑރ. މުއިއްޒު އަދި ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑާ ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.