
ދ. އަތޮޅު ވައްލަ
"ވައްލަ'' ކުޑަހުވަދޫއަށް ދީ އެރަށުގެ ބަޔަކަށް ހަދައިފި
މުހައްމަދު އާދަމް އަހްމަދު
22 އޯގަސްޓް 2025 - 08:49:38
ދ. އަތޮޅު ''ވައްލަ'' އަކީ އެއަތޮޅު ކުޑަހުވަދޫގެ ބައެއް ކަމުގައި ރައީސް މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
''ވައްލަ'' އަކީ އެއަތޮޅުގެ ކުޑަހުވަދޫގެ ބައެއް ކަމުގައި ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ދ. ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ދ. ވައްލަ ހަމަޖެއްސުމަކީ ރައީސް މުއިއްޒު ވައުދުފުޅެކެވެ. ދ. ކުޑަހުވަދޫގެ އިޤްތިސާދަށް ފައިދާވާ މަސައްކަތެއް ކުރެވޭނެ ގޮތަށް، ދ. ވައްލަ ހަމަޖެއްސަވައިދެއްވާނެ ކަމުގައި ރައީސް ވަނީ 2025 މާރިޗް 5ގައި ދ. ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް