ads
އަބްދުއްރަހުމާންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނުން.
އަބްދުއްރަހްމާން މަރު: ދެމީހަކު ވާނުވާ ބަންދަށް، އަނެކަކަށް ފަސް ދުވަސް
މާޅޮހުގައި މަރާލާފައި އޮއްވާ ފެނުނު އަބްދުއްރަހްމާން މަރުގެ މައްސަލާހައު ހައްޔަރުކުރި ތިން ޒުވާނުންގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދު ޖަހައިފިއެވެ.
Advertisement

ގޭގައި ނިދާފައި އޮއްވައި ބޮލަށް ހަމަލާދިނުމުގެ މަރުވި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔރުކޮށްފައިވާކަމަށް ފުލުހުން ބުނީ އިއްޔެއެވެ. 

އަބްދުއްރަހުމާން އާދަމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނުން 

  • ލިލީފެހި، އއ. މާޅޮސް/ އުމުރުން 23 އަހަރުގެ މުހައްމަދު ވިސާމް،
  • ފިނިވާގެ، އއ. މާޅޮސް  / އުމުރުން 28 އަހަރުގެ އަހުމަދު ފާރިސް
  • ފިޔަ، އއ. މާޅޮސް /  އުމުރުން 28 އަހަރުގެ އަހުމަދު އާޝިދު 

މި ތިން ޒުވާނުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ވިޝާމް އާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން މުއްދަތު ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ. ދެން މި މައްސަލާގައި ހިމެނޭ އާޝިދުގެ ބަންދަށް ކޯޓުން ޖަހާދިނީ ފަސް ދުވަހަވެ. 

އާޝިދު ހައްޔަރުކުރީ މާލޭގައި ހުއްޓާކަމަށް ފުލުހުން ވަނީ ބުނެފައެވެ.  

މި ތިން ޒުވާނުންގެ މައްޗަށް އަބްދުއްރަހްމާންގެ މަރުގެ ތުހުމަތު އުފެދުނީ އެތަނުން ފާރިޝް ކިޔާ ޒުވާނާގެ ފޯނު ކޯލެއްގެ ސަބަބުންކަން ވަނީ އެނގިފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް