ads
''ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'' އަހުލުވެރުކުރުވުމަށް ފުުލުހުން މަސައްކަތް ކުރަނީ
މިއަދުން ފެށިގެން ކުޑަކުދިންނަށް ވަޅި ވިއްކައިފިނަމަ ބޮޑު ޖޫރިމަނާއެއް
މިއަދުން ފެށިގެން ކުޑަކުދިންނަށް ވަޅި ވިއްކުން މަނާކޮށް އެކަން ކުރާ ފަރާތްތައް ޖޫރިމަނާކުރަން ނިންމައިފިއެވެ.
Advertisement

''ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'' މިއަދުން ފެށިގެން ވަނީ އަމުކުރަން ފަށާފައެވެ.  

މި ގާނޫނު ބުނާގޮތުން 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިއާއި ކަޓަރު ތިލަ އަދި އެ ނޫންވެސް އެފަދަ ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ފަދަ އެއްވެސް އާލާތެއް ކުޑަކުދިންނަށް ވިއްކުމަކީ މަނާކަމެކެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް އެ ކުދިންނަށް ވިއްކުމަކީވެސް މަނާކަމެކެވެ. އަދި އެފަދަ ކަމެއްކޮށް، ކުށް ސާބިތުވެއްޖެނަމަ ގާނޫނުން ކަނޑައަޅާފައިވަނީ ބޮޑެތި ޖޫރިމަނާތަކެވެ. 

ގާނޫނުގައިވާ ގޮތުން މިއަދުން ފެށިގެން ކުޑަކުއްޖަކަށް ވަޅިއެއް ވިއްކައިފި މީހަކު 20،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

your imageކުޑަކުދިންނަށް ވަޅި ވިއްކުން މަނާކޮށް ހޭލުންތެރިކުރުމަށް ފުލުހުން ހިންގި ޕްރޮގްރާމްގެ ތެރެއިން 

''ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'' ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެބިލް މޭމަހުގެ 25 ވަނަދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް