
މިދިޔަ ހަފުތާގައި ހައިކޯޓުގައި ކުރިއަށްދިޔަ މި މައްސަލަ ދޫކޮށްލީ، އިސްތިއުނާފީ މައްސަލަތައް މުރާޖައާކުރިއިރު މި މައްސަލައަށް ގިނަ ދުވަސްތަކެއް ވެފައިވާތީއާއި ދައުވާ ލިބޭ ފަރާތުގެ ސިކުނޑީގެ އުނިކަމެއް ހުރިކަން ހެދުނު މެޑިކަލް އެސެސްމެންޓަކުން ދައްކާތީއެވެ.
ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގި މި މައްސަލަ ފެންމަތިވީ 2022 ވަނަ އަހަރުއެވެ. އެ މައްސަލަ ދައުލަތުން އެންމެ ފުރަތަމަ ހުށަހެޅީ އެ ދެބެއިން ނިސްބަތްވާ ރަށުގެ މެޖިސްޓްރޭޓް ކޯޓަށެވެ. ނަމަވެސް އެ ކޯޓުގައި މައްސަލަ ސާބިތުވާ ގޮތެއް ނުވުމުން ދައުލަތުން މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ. ހައިކޯޓުގައި މި މައްސަލަ ކުރިއަށް ގެންދިޔުމަށްޓަކައި، ދައުވާ ލިބޭ ބޭބެގެ ސިކުނޑީގެ އެސެސްމެންޓެއް ހެދުނެވެ. އެ އެސެސްމެންޓުން، ބޭބެއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއްކަން ފާހަގަވެފައިވުމާއެކު، ދައުލަތުން މައްސަލަ އަނބުރާ ގެންދަން އެދުނެވެ.