ބައްސާމްގެ ޝަރިއަތް ފެށި ހެކިބަސް ނެގުމުގެ މަރުހަލާގެ ބޮޑުބައެއް ނިމިފައިވާއިރު، މިއަދު މެންދުރު އޮތް ބައްސާމްގެ ޝަރިއަތް ކެންސަލްވީ އޭނާ ބަލިވެގެންނެވެ.
އޭނާ ބަލިވެގެން ކޯޓަށް މެޑިކަލް ސެޓްފިކެޓް ހުށަހަޅާފައި އޮތް ކަމަށް ގާޒީ ވިދާޅުވިއެވެ. މި މައްސަލައިގެ އިތުރު އަޑު އެހުމެއް މި މަހުގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ. މިހާރު ހިނގަމުންދާ މައްސަލަތަކުގެ އިތުރުންވެސް އެހެން ބައެއް މައްސަލަތައް ތަހުގީގު މަރުހަލާގައި އެބައޮތެވެ.