އެނގިފައިވާ ގޮތުގައި އެ އަންހެން މުވައްޒަފު ސަސްޕެންޑުކުރީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހުޅުމާލެ އަދި ތިލަފުށިން ބިންތަކެއް ދޫކުރި މައްސަލައެއްގަ އެވެ.
މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ބަލަމުން އަންނަ ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އެޗްޑީސީން ރަސްމީކޮށް ވަކި އެއްޗެކޭ އަދި ނުބުނެ އެވެ.
ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ އެކު، އެޗްޑީސީގެ މުވައްޒަފުންތަކެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ސަސްޕެންޑުކުރި އެވެ.
އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް އިސްތިއުފާ ދެއްވީ ވެސް "ވަގު" ގޯތީގެ މައްސަލައެއްގައި އެވެ.