
ކެރަފާ އަބްދުލްޣަނީ. - ފޮޓޯ: ސަން އޮންލައިން
ވިޔަފާރިވެރިޔާ، ކެރެފާ ޢަބްދުލްޣަނީ އަވަހާރަވެއްޖެ
އަލީ މިދުހަތު
25 އޯގަސްޓް 2025 - 21:39:49
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކެރަފާ އަބްދުލްޣަނީ، 86އ، މިއަދު އަވަހާރަވެއްޖެ އެވެ.
ޣަނީ އަވަހާރަވީ ތައިލެންޑުގެ ބެންކޮކުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ އަވަހަރާވިއިރު އާލާސްކަންފުޅާ އުޅުއްވާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބޭފުޅު ޣަނީއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ކާމިޔާބު އެއް ކުންފުނި ކްރައުން ކޮމްޕެނީ އުފެއްދުމުގައި ވެސް އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ އެވެ.
ޣަނީއަކީ ނަޝީދުގެ ބައްޕާފުޅާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ މަންމައާ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ.
ޣަނީ ކުރެއްވި މުހިންމު ބައެއް މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ފުރަތަމަ އިންޖީނުގެ އުފެއްދެވުމާއި، ރާއްޖޭގައި ފުރަތަމަ ވޮކޭޝަނަލް ޓްރެއިނިން ސެންޓާ (ވީޓީސީ) ގާއިމުކުރެއްވުން ހިމެނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް