ads
ރައީސް މުއިއްޒު މަކުނުދޫ ކައުންސިލާއި ބައްދަލުކުރެއްވުން
މަކުނުދޫ އަށް އާރުޓީއެލް ދަތުރުތައް އަލުން ފަށައިދޭން ރައީސްގެ އަރިހުން އެދިއްޖެ
ހދ. މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް، އެރަށަށް ދެމުން އައި އާރުޓީއެލް ފެރީގެ ހިދުމަތް އަލުން ފަށައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންފި އެވެ.
Advertisement

މިކަމަށް އައުޒަމް އެދިވަޑައިގެންނެވީ، ރައީސް ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަކުނުދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި، އަތޮޅުގެ އެހެން ރަށްތަކާ ދުރުގައި އޮންނަ މަކުނުދޫގެ ރައްޔިތުންނަށް އާރުޓީއެލްގެ ހިދުމަތަކީ ލިބުނު ބޮޑު ލުއިފަސޭހައެއް ކަމަށެވެ. ނަމަވެސް، މިދިޔަ ބޮޑު އީދަށްފަހު ހުކުރު ދުވަހު ފެށިގެން އެ ހިދުމަތް މެދުކަނޑާލުމުން ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. އައުޒަމް ފާހަގަކުރެއްވި ގޮތުގައި މަކުނުދޫ ރޫޓަކީ އެންމެ ގިނަ ފަސިންޖަރުން ދަތުރުކުރާ އެއް ރޫޓަށް ވާއިރު، މި ނިންމުން މުރާޖައާ ކޮށްދިނުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު މަކުނުދޫއަށް ކުރެއްވި މި ޒިޔާރަތުގައި ވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ރައީސް ވަނީ މަކުނުދޫގައި އަލަށް އިމާރަތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް