ads
ބޭރުމަގު ހެދުމަށް އެ ސަރަހައްދުގައި ވާ ތޮށިގަނޑު ތަޅާލަނީ
ބޭރުމަގު ފުޅާކުރުން، ތޮށި ތަޅާލާ ބޮޑުބައެއްގައި ޝީޓް ޕައިލްކޮށްފި
ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ހަދާ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 24 މީޓަރުގެ ސަރަހަދެއްގައި ޝީޓް ޕައިލްކޮށް ނިންމާފައިވާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.
Advertisement

ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ އޮކްޓޫބަރު 13 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އަދި އެ ސަރަޙައްދުގެ ފަޅުވެސް ވަނީ އުޅަނދުތަކަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުކޮށްފައެވެ. 

އެމްޓީސީސީން ބުނީ މިމަޝްރޫއުގެ ދަށުން މިހާތަނަށް 24 މީޓަރުގެ ސަރަޙައްދެއްގެ ޝީޓް ޕައިލްކޮށް ނިމިފައިވާކަމަށެވެ. އަދި، އެސަރަޙައްދުގެ އެއްގަމު ތޮށި ތަޅާލުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށް އެކުންފުނިން ބުނެއެވެ.  

your imageބޭރުމަުގު ހެދުމަށް އެ ސަރަހައްދު ޝީޓް ޕައިލްކުރުމުގެ ތެރެއިން 

މި މަޝްރޫއު ނިމޭއިރު މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހަދާނެކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ވަނީ ބުނެފައެވެ. މަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅަން ވަނީ ނިންމާފައެވެ. އެއީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ.

އެއްއަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް