ads
ޝިހާން ޝިޔާމް
ބޮޑު ސޭކްމްތަކެއްގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ސްކޭމްކޮށްގެން އެކި މީހުންގެ އަތުން މިލިއަނެއްހާ ރުފިޔާ ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
Advertisement

މުދާ ސަޕްލައިކޮށްދިނުމަށް އެދި ފޯނުން ގުޅައިގެން ވާހަކަ ދައްކައި، މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ސ. ފޭދޫ / ޑޭލައިޓްވިލާ، ޝިހާން ޝިޔާމް (29އ) އެވެ. 

ފޮލިހުން މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ވިދާޅުވީ އެންޓި-ސްކޭމް ސެންޓަރާއި ސ. ހިތަދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މި އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ހިތަދޫން ކަމަށެވެ. 

ފުލުހުން ބުނި ގޮތުގައި، މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ޝިހާން މީހަކަށް ގުޅައި މުދާ ސަޕްލައިކޮށްދިނުމަށް އެދި ވާހަކަ ދައްކައި، މަކަރާއި ހީލަތުން 30،000 އަށް ވުރެ ގިނަ ރުފިޔާ އެ މީހާގެ އަތުން ހޯދާފައިވާކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.

އޭނާ މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރުމާއި އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން ފައިސާ ފޭރުން ފަދަ އިތުރު 12 މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ 12 މައްސަލައިގައި، މަކަރާއި ހީލަތުން ހޯދާފައިވާ 380،000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އެކައުންޓުގައި ދައުރުކޮށްފައިވާ ކަމާއި އެ 12 މައްސަލައިގެ ޖުމްލަ ފައިސާގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް