ads
ރައީސް މުއިއްޒު ހދ އަތޮޅުގެ ރަށެއްގައި އޭޓީއެމް ހުޅުވައިދެއްވަނީ
ހދ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.
Advertisement

 އެ އަތޮޅުގެ ނުވަ ރަށެއްގައި މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމަށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުންނެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ.

މި މަޝްރޫއުގެ ދަށުން ހިދުމަތް ފުރިހަމަވި ނުވަ ވަނަ އަތޮޅަކީ ހދ. އަތޮޅެވެ. މީގެ ކުރިން ހއ، ށ، ނ، ބ، ކ، އއ، ދ އަދި މ އަތޮޅުގެ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފައެވެ. ބީއެމްއެލް އިން ބުނީ އެ ބޭންކުގެ އަމާޒަކީ ޒަމާނީ ބޭންކިންގެ ހިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އާންމުންނާއި ވިޔަފާރިތަކަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް