ads
މަޖިލިސް ތަޅުން
ސީއެސްސީއަށް އާ ތިން މެންބަރުން އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އާ ތިން މެންބަރަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
Advertisement

 މަޖިލީހުން ރުހުން ދީފައިވަނީ ޑރ. ދީބާ މޫސާ، ޑރ. ހުސައިން ފާއިޒު އަދި މުހައްމަދު ނާސިހުއަށެވެ. މި ބޭފުޅުން އައްޔަންކުރަން ފާސްކުރީ، އެ ކޮމިޝަނުގެ މިހާރުގެ ރައީސް މުހައްމަދު ނާސިހުގެ އިތުރުން މެންބަރުން ކަމަށްވާ މުހައްމަދު ފަރުސަތު އަދި ފާތިމަތު ޝަރީފްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަމަވާތީއެވެ.

ސީއެސްސީގެ ހުސްވާ ތިން މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ހަ ބޭފުޅެއްގެ ނަންފުޅު ފޮނުއްވާފައެވެ. މި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން 75 ޕަސަންޓަށްވުރެ މަތިން މާކްސް ދީފައިވަނީ މަޖިލީހުން ފާސްކުރި ތިން ބޭފުޅުންނަށެވެ. މުހައްމަދު ނާސިހު އަކީ މިހާރުވެސް ކޮމިޝަންގެ ރައީސްކަން ކުރައްވަމުން ގެންދަވާ ބޭފުޅާއެވެ.

މަޖިލީހުގެ ޖަލްސާގައި މި ތިން ބޭފުޅުންނަށް ވަކިވަކިން ވޯޓަށް އެހުމުން، ޑރ. ދީބާ މޫސާއަށް 60 މެންބަރުން، ޑރ. ހުސައިން ފާއިޒަށް 54 މެންބަރުން އަދި މުހައްމަދު ނާސިހަށް 52 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް