
ނޫސްވެރިން އަނިޔާވެރި ގޮތަކަށް މަރުގެ އަދަބު ދިނުމަށް ގޮވާލާ ފަލާހު ނޫސްވެރިންނަށް ހަރުކަށި އިންޒާރު ދިފައި މިވަނީ ދައުރުް ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެެވެ.
މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ނޫސްވެރިން އަޑު އުފުލަމުންދަނިކޮށް ސަރުކާރު ހިންގާ ޕީއެންސީ މިއަދު ވަނީ އެބިލު މަޖިލިހަށް ބަލައިގަނެފައެވެ. ބިލް ބަލައިގަތީ ޕީއެންސީގެ 49 މެމްބަރުންގެ ވޯޓުންނެވެ. ބިލާއި ދެކޮޅަށް ވޯޓް ދެއްވީ އިދިކޮޅު 12 މެމްބަރުންނެވެ.
މީޑިއާގެ މިނިވަންކަން ހަނިކުރަން ސަރުކާރަށް ތާއިދުކުރާ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއްހަންނާން އަބޫބަކުރު ހުށައެޅި ބިލުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ދަލާހް ވިދާޅުވީ މީގެކުރިން މީޑިއާއިން ވަނީ އޭނާގެ އަގުވެސް ވައްޓާލާފައިކަމަށެވެ.
އެގޮތުން އޭނާއާ ވައްތަރު މީހެއްގެ ފޮޓޯ ބޭނުންކޮށް އެއް ޖިންސުން ގުޅުން ހިންގިކަމަށް ބުނެ އަޑުތައް ފަތުރާފައިވާކަމަށާއި އެވަރު ބަޔަކު ޖެހޭނީ ހަމައެކަނި ޖަލަށްލާން ނޫންކަމަށައި ނޫސްވެރިން އުލުބައިދަން ޖެހޭކަމަށް ފަލާހް ވަނީ ގޮވާލައްވާފައެވެ.
ފަލާހް މިމޭރުމުން ވާހަކަ ދެއްކެވުމުން ސަރުކާރަށް ތާއިދުކުރާ މެމްބަރުން ވަނީ ފަލާހް ވާހަކަތައް ތާއިދުކޮށްފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި މާއްދާތަކެއް ހިމަނާފައިވާ އެ ބިލު ބަލައިނުގަންނަ ކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ހާމަކޮށްފައިވާއިރު، އެ ބިލާ ދެކޮޅަށް ނޫސްވެރިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކަމާއި ދެކޮޅަށް އަޑު އުފުލަން ނުކުތް ބައެއް ނޫސްވެރިން މިއަދު ވަނީ ހައްޔަރުކޮށްފައެވެ.