ads
އިއްޒުއްދީން ފާލަން ތަރައްގީކޮށް ހުޅުވުމުގެ ތެރެއިން
ބޭރުމަގު ފުޅާކުރިޔަސް ބޮޑު ފާލަން ހުންނާނެ، ބަދަލެއް ނުކުރާނެ: މުއްތަލިބް
ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ހަދާ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ބޮޑު ފާލަމަކަޑް އެއްވެސް ގެއްލުމެއް ނުވާނެކަމަާއި ފާލަން ހުންނާނެކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު ދާދި ފަހުން ބޮޑު ހަރަދެއްކޮށްގެން ހެދި އިއްޒައްދީން ފާލަމަށް ވެދާނެ ގޮތަކާއި މެދު މީހުން ދައްކާ ވާހަކަތަކަށް ޖަވާބު ދެއްވަމުންނެވެ. 

މިނިސްޓަރު މުއްތަލިބް ވިދާޅުވީ އާއްމުކޮށްފައިވާ ޑިޒައިންތައް ރަނގަޅަށް ބަލައިފިނަމަ، މިހާރު ހުރި އިއްޒުއްދީން ފާލަމަށް އެއްވެސް ބަދަލެއް ނާންނަކަން އެނގޭނެކަމަށެވެ. އަދި މަގު ފުޅާކުރުމުގެ ސަބަބުން ފާލަމުގެ އޮނިގަނޑަށް އެއްވެސް އަސަރެއް ނުކުރާނެކަމަށްވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ. 

ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ހަދާ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 24 މީޓަރުގެ ސަރަހަދެއްގައި ޝީޓް ޕައިލްކޮށް ނިންމާފައިވާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ. 

މި މަޝްރޫއު ނިމޭއިރު މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހަދާނެކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ވަނީ ބުނެފައެވެ. މަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅަން ވަނީ ނިންމާފައެވެ. އެއީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ.

އެއްއަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް