ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމާއި އެހެން ހިސާބިތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެދސް މެޓް އޮފީހުން ބުނެއެވެ.
ކަނޑުތައް އުތުރާއި މެފދުރާއްޖެ ތެރޭގައި ގަދަވާނެ އަދި ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ މެދު ރާއްޖެ ތެރޭގައި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައިކަމަށެވެ. އަދި ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައިކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.