
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހިސާބަށް ރާއްޖެއަށް 1463566 އަށް ފަތުރުވެރިން އައިއްސަވާ އިރު އޭގެ ތެރެއިން އެންމެ ގިނައިން ރާއްޖެ އައިއްސަ ވަނީ ޗައިނާ ފަތުރުވެރިންނެވެ.
އެ ގޮތުން 230374 ޗާއިނާ ފަތުރުވެރިން ރާއްޖެ އައި އިރު ރަސިޔާ އިން 174434، އިނގިރޭސި ވިލާދުން 132732، އަދި އިޓަލީ އިން 105379 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މީގެ އިތުރުން ޖަރުމަނު ވިލާތުން 100546 ފަތުރުވެރިން، އިންޑިޔާއިން 83353 ފަތުރުވެރިން، އެމެރިކާ އިން 42947 ފަތުރުވެރިން، ފަރާސުން 40673 ފަތުރުވެރިން ސްޕެއިން އިން 33057 އަދި އޮސްޓްރޭލިއާ އިން 26678ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކޮށްފައިވާކަމަށް އެ މިނިސްޓްރީން އާންމު ހިސާބު ތަކުން އިނގެ އެވެ.
މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ޖެނުވަރި ފެބްރުއަރީ އަދި މާރޗް މަހު އެވެ. އެ ގޮތުން ޖެނުވަރީ މަހު 214863 މީހުން ރާއްޖެ އައިސްފައިވާ އިރު ފެބްރުއަރީ މަހު 214091 މީހުން އަދި މާރޗް މަހު 203468 މީހުން ރާއްޖެ އައިސްފައި ވެއެވެ.
ރާއްޖެ އައި 1074917 ފަތުރުވެރިން ރިސޯޓް ތަކުގައި ތިބި އިރު 38421 މީހުން ތިބި ހޮޓަލް ތަކުގައި އެވެ. މީގެ އިތުރުން 319516 މީހުން ގެސްޓް ހައުސް ތަކުގައި ތިބި އިރު ސަފަރީ ތަކުގައި 29699 ތިބި ކަމަށާއި އެހެން ނިހެން ތަންތަނުގައި 1012 މީހުން ތިބި ކަމަށް އެ އިދާރާއިން ނެރުން ތަފާސް ހިސާބުތަކުން ދައްކަ އެވެ.